ރަސްދޫ ގެސްޓްހައުސްއަކުން ބަނގުރަލާ އެކު ހަތަރު ދިވެހިންނާއި ބިދޭސީއަކު ހައްޔަރުކޮށްފި

އއ. ރަސްދޫ ----

އއ. ރަސްދޫ ގެސްޓްހައުސް އަކުން ބަނގުރަލާ އެކު ހަތަރު ދިވެހިންނާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ، އެފަދަ މައްސަލައެއް ރޭ 11:50 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލާގައި ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީވެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އެތަނުން ފުލުހުން ހައްޔަރުކުރީ ޔޫރަޕުގެ އަންހެނެކެވެ. އަދި އެމީހުން ހައްޔަރުކުރި އިރު މަސްތުގެ ހާލަތުގައި ތިބި ކަމަށާއި ކޮޓަރި ތެރެއިން ބަނގުރާ އަޅާފައި ހުރި ބުއިންތަކާއި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

comment ކޮމެންޓް