އިލްހާމާއި ސިނާންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގަތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

އިލްހާމް ހައްޔަރުކޮށްފައި ވަނީ އޭނާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ.

ސިނާން ހައްޔަރުކޮށްފައި ވަނީ އޭނާ ހޯދަން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ފުލުހުން އިއުލާން ކުރުމުން އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އިލްހާމާއި ސިނާން ރާއްޖެ ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެދުވަހު އެއާޕޯޓުން އެ ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ޖެހިގެން އައިދުވަހު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެ ބޭފުޅުންް ދޫކޮށްލަން އަމުރުކޮށްފައެވެ.

އޭގެފަހުން އިލްހާމާއި ސިނާން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

comment ކޮމެންޓް