ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން ޕްލާސްޓިކްގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކިޔައިދީފި

ފޮޓޯ/ ދިރާގު

ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ސެޝަންތަކެއް، ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން މާލޭގެ ދެ ސްކޫލެއްގައި ކުރިޔަށް ގެންގޮސްފިއެވެ.

މި ސެޝަންތައް ކުރިޔަށް ގެންގޮސްފައިވަނީ މާލޭގެ ކަލާފާނު ސްކޫލާއި ހުޅުމާލޭގެ ޣާޒީ ސްކޫލުގައެވެ.

މި ސެޝަންތަކުގައި، ސިންގަލް ޔޫސް ޕްލާސްޓިކް ބޭގް ނުވަތަ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ކޮތަޅުގެ ބަދަލުގައި، ގިނަ ފަހަރު ބެނުންކުރެވޭ ކޮތަޅު ބޭނުންކުރުމަށް ބާރުއަޅާފައިވެއެވެ. އަދި ދިރާގާއި ޕާލޭ ގުޅިގެން ކޮންމެ ދަރިވަރަކަށް ރީޔޫސަބަލް ކޮތަޅެއް ހަދިޔާ ކުރިއެވެ.

ދިރާގުން ބުނީ، ތިމާވެށި ހިމާޔަތްކުރުމަކީ ދިރާގުގެ ސީއެސްއާރުގެ ވަރަށް މުހިންމު ކޮމްޕޯނެންޓެއް ކަމަށެވެ.

ދިރާގުން 2016 ވަނަ އަހަރު "ފޮ ދި އޯޝަންސް"ގެ ނަމުގައި ޕާލޭ މޯލްޑިވްސްއާ ގުޅިގެން ކެމްޕޭނެއް ފަށައިފައެވެ. ދިގު ދެމިގެންދާ ގޮތަށް ލޯންޗުކުރި މި ކެމްޕޭނުގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ދިރާގުޓީވީއާއި ސޯޝަލް މީޑިއާ ކެމްޕޭނެއް ދަނީ ހިންގަމުންނެވެ.

ދިރާގުން ވަނީ ޕްލާސްޓިކް ރަނގަޅު ގޮތުގައި ނައްތާލުމުގެ ހަރަކާތުގައާއި، ސްކޫލުތައް މެދުވެރިކޮށް އެ މެސެޖު އެކި ފަރާތްތަކާށް ރައްދުކުރުމަށްޓަކައިއެކި މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން ޖެނުއަރީ މަހު "ސާފު އުކުޅަސް" ޕްރޮގްރާމު ހިންގުމަށް ދިރާގުން އެހީތެރިވިއެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ސްކޫލުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ.

comment ކޮމެންޓް