ފޭސްބުކްގެ ޒަމާން ނިމުމަކަށް އަންނަނީ؟

ސޯޝަލް މީޑިއާގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ ފޭސްބުކްއެވެ. ނަމަވެސް ފޭސްބުކްގެ ވާދަވެރިން ބުނާގޮތުން ފޭސްބުކްގެ ބާރު ޓެކްނޮލަޖީގެ ދުނިޔޭގައި އަންނަނީ ކުޑަވަމުންނެވެ.

ފޭސްބުކަށް ލިބޭ ތަރުހީބު ކުޑަވެ، ވާދަވެރިންނަށް ކުރި ލިބެމުންދާކަމަށް ބުނާއިރު ދާދިފަހުން އިގިރޭސިވިލާތުގެ ސިޔާސީ ފަރާތްތަކާ ގުޅޭ ދޮގު ހަބަރެއް ފޭސްބުކްގައި ފެތުރިފައިވާތީ އެކުންފުންޏާ ސުވާލުކޮށްފައިވެއެވެ. އަދި އެއީ ގާނޫނީ ކުށެއްކަމަށް ބުނެ ފޭސްބުކްއަށް ވަނީ ނަސޭހަތް ދީފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ފޭސްބުކް ބޭނުންކުރާ 2.8 މިލިއަން މީހުން ވަނީ މިދިޔަ އަހަރު ފޭސްބުކް ބޭނުންކުރުން ހުއްޓާލާފައެވެ. މި ހުރިހާ މީހުންނަކީވެސް 25 އަހަރުން ދަށުގެ މީހުންނެވެ.

ފޭސްބުކްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް މިދިޔަ ހަފްތާގައި އާންމުކޮށްފައިވާއިރު މާކް ޒަކަބާގު ބުނީ ހުސްވި އަހަރަކީ ގޮންޖެހުންތައް ގިނަ އަހަރެއް ކަމަށެވެ.

ފޭސްބުކަށް ސޯޝަލް މީޑިއާގެ ދުނިޔޭގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށާއި، އެ ކުންފުނީގެ އަގު ހިފެހެއްޓުމަށް ބޮޑެތި މަސައްކަތްތަށްކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރަން ޖެހޭކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އެކުންފުނީގެ ވޯޓިން ޕަވާގެ 60 ޕަސެންޓު ބާރު އޮންނަނީ މާކްގެ އަތުގައެވެ.

ފޭސްބުކަށް އެމެރިކާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބޭ ތަރުހީބު ދުވަހެއް ދުވަހަކަށް ކުޑަވަމުން އަންނައިރު، އެކަން ގަބޫލުކޮށް ފޭސްބުކުން ވެސް ފިޔަވަޅުތައް އަޅަންޖެހޭކަމަށް މާހިރުން ބުނެއެވެ.

comment ކޮމެންޓް