މާލޭގައި ހިންގާ ފްރެންޗައިޒް ރެސްޓޯރެންޓް ކެލޮރީ ކައުންޓާ އާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިރޭ ކެލޮރީ ކައުންޓާގައި ބޭއްވި ކުޑަ ހަފްލާއެއްގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ޑރ. އަލީ ޝާހިދު މުހައްމަދެވެ. ކެލޮރީ ކައުންޓާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އިންފާޒް ފާއިޒެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު "ސަން" އާ ވާހަކަ ދައްކަވަމުން އިންފާޒް ވިދާޅުވީ ކެލޮރީ ކައުންޓާއަކީ ހެލްތީ ފުޑްސް ނުވަތަ ސިއްހަތަށްް ފައިދާ ހުރި ކާނާ ޕްރޮމޯޓުކޮށް ސާވްކުރާ ތަނެއް ކަމަށެވެ.
"އަޅުގަނޑުމެން މި ދައްކަނީ ހަމައެކަނި ކާއެއްޗެހީގައި ހުންނަ ކެލޮރީގެ ވާހަކައެއް ނޫން. ސިއްހަތަށް ފައިދާހުރި ކެއުންތަކުގެ ވާހަކަވެސް އެބަ ދައްކަމު. މިތަނުން ތައްޔާރުކުރާ ކެއުންތަކަކީ އެއްވެސް އާޓިފިޝަލް ސްވީޓްނާ އެއް ބޭނުން ނުކުރާ އެއްޗެހި. އެއްވެސް ވަރަކަށް ބަޓަރު، އަދި ތެލެއްވެސް ބޭނުމެއް ނުކުރަމު. އެއީ އެއްސަބަބު މިއީ ހެތީ ރެސްޓޯރެންޓެކޭ ބުނާ،"
އޭނާ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމާއެކު ސިއްހީ ދުޅަހެޔޮކަމަށް ސިއްހަތަށް ފައިދާހުރި ކާނާގެ މުހިއްމުކަން ޕްރޮމޯޓުކުރުމަށް އެމްއެމްއޭ އާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.
މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. އަލީ ޝާހިދު ވިދާޅުވީ އެ އެސޯސިއޭޝަން އަކީ ރާއްޖޭގެ ހުރިހާ ޑޮކްޓަރުން ތަމްސީލުކުރާ ޖަމްއިއްޔާ ކަމަށެވެ.
"އަޅުގަނޑުމެންގެ މެންޑޭޓުގަ އޮވޭ ޑޮކްޓަރުންގެ ތެރޭ އެކުވެރިކަން އާލާކޮށް، ހެލްތީ ލިވިން ޕްރޮމޯޓު ކުރުން. ކެލޮރީ ކައުންޓާ އާއެކު މި ސޮއިކުރީ އެއީ އާޅުގަނޑުމެންގެ މެންޑޭޓުގަ ވަރަށް ބޮޑަށް އޮވޭ ޑޮކްޓަރުންގެ މެދުގައި ހެލްތީ ލިވިން ޕްރޮމޯޓު ކުރުން،" ޑރ ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންނަށް ކެލޮރީ ކައުންޓާ އިން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ޑރ ޝާހިދު ވިދާލުވީ ކުރިއަށް އޮތްތަނުގައި އިތުރު ތަންތަނާއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ.