ވަކީލު ހިސާންގެ ގޮނޑި ދަށުން ރެކޯޑަރެއް ފެނުނު ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަނީ

ގާނޫނޫ ވަކީލު ހިސާން ހުސެއިން --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު މިއަދު ބައްދަލުކުރެއްވުމަށް އިށީންނެވި ގޮނޑި ދަށުން ރިކޯޑަރެއް ފެނިފައިވާކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފިއެވެ.

ހިސާން މިއަދު ވިދާޅުވީ ބައްދަލުވުމަށް ކޮޓަރިއަށް ވެއްދުމުން ގޮނޑި ފުރޮޅާ ބެލިއިރު އެ ގޮނޑި ދަށުގައި ރިކޯޑަރެއް ހަރުކޮށްފައި ހުރި ކަމަށާއި އެކަން ޖަލުގައި ތިބި ފުލުހުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ބަންދުގައިވާ ފަރާތްތަކާއި ގާނޫނީ ވަކީލުން ބައްދަލުކުރެއްވި އިރު، ބައްދަލުވުން ބޭއްވިތަނުން ރެކޯޑިން ޑިވައިސްއެއް ފެނުނު ކަމަށް ބުނެ ދައްކަމުން ގެންދާ ވަހަކައަކީ ފުލުހުން ބަދުނާމު ކުރުމަށް ދައްކަމުން ގެންދާ ވާހަކައެއް ކަމަށާއި، ނަމަވެސް މި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

"ވަކީލުންނާއި ބަންދުގައިވާ ފަރާތްތައް ބައްދަލުކުރުމަށް ހަޖަމައްސާފައިވާ ތަނަކީ އެކަހެރި އަދި މިނިވަންކަމާއެކު ބައްދަލު ވެވޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ތަނެއް. އެކަން ފުލުހުން ޔަގީންކޮށްދެން. ފުލުހުން މި ދަނީ އެކަން އިތުރަށް ތަހުގީގު ކުރަމުން." ޝިފާން ވިދާޅުވިއެވެ.

comment ކޮމެންޓް