މުހައްމާ ޕޮލިހަށް ހާޒިކުރުން މާދަމަ އަށް ފަސް ކޮށްފި

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ(މުހަންމާ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ މައްސަލާގައި ބަޔާން ނެގުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ(މުހަންމާ) ފުލުހަށް ހާޒިރުކުރުން މާދަމަ އަށް ފަސްކޮށްފި އެވެ.

މުހަންމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ކުރިން އަންގާފައި ވަނީ މިއަދު މެންދުރު ފަހު 14:00 އަށެވެ. ނަމަވެސް ފަހުން ފުލުހުން ފޮނުވި ޓިޗުގައި މުހައްމާ އެ އިދާރާ އަށް ހާޒިރުވާން ޖެހޭނެ ކަމަށް ބުނެފައި ވަނީ މާދަމާ ހެނދުނު 10:30 އަށެވެ.

ފުލުހުން މުހައްމާ އަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގަން ބޭނުން ވަނީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތުދީގެން އެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މުހައްމާ މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިއްޔެ އޭނާ ހައްޔަރުކޮށް ފޯނު އަތުލުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް