ރިޝްވަތުގެ ތުހުމަތުގައި މުހަންމާ މާދަމާ ޕޮލިހަށް ހާޒިރުކުރަނީ

16 ފެބްރުއަރީ 2018: އިދިކޮޅު ފަރާތްތަކުން "ވޯމްއަޕް" ގެ ނަމުގައި މާލޭގައި ކުރިއަށްގެންދާ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ދައުލަތުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ މައްސަލާގައި ބަޔާން ނެގުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ(މުހަންމާ) ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

މުހަންމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރުފަހު 14:00 އަށެވެ.

ފުލުހުން މުހައްމާ އަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގަން ބޭނުންވަނީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތުދީގެން އެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް އެކި ގޮތްގޮތުން ނުފޫޒް ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލްވަނީ ލިބޭ ގޮތް ނުވެފައެވެ.

މުހައްމާ މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިއްޔެ އޭނާ ހައްޔަރުކޮށް ފޯނު އަތުލުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް