އދ. މަންދޫ އިންޖީނުގެ އަށް ހޮނުއަޅައި މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

އދ. މަންދޫ: ސަން ފައިލް ފޮޓޯ

ލަންކާގެ ދެކުނު ސަރަހައްދުގައި އުފެދުނު ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އދ. މަންދޫގެ އިންޖީނު ގެޔަށް ހޮނުއަޅައި މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

ސަން އަށްމައުލޫމާތު ދެއްވަމުން އެ ރަށުގެ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝަފްރާޒް ވިދާޅުވީ، ހޮނުއަޅާ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ގަޑިން 15:00 ހާއިރުގައި ކަމަށެވެ.

އެ ހާދިސާގައި މުޅިރަށުން ކަރަންޓު ކެނޑިފައިވާ އިރު ލިބިފައިވާ ގެއްލުންތައް ބަލައި މައްސަލަ ހައްލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް