މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރުކުރުމުގައި ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

ވިލާ އެއާޕޯޓް، މާމިގިލި---

މާމިގިލި އެއާޕޯޓް ހިންގުމުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމުގައި ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބަލައި ނިންމި މައްސަލަތަކުގެ ރިޕޯޓުގައި ބުނެފައި ވަނީ މާމިގިލީގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް، ސަރުކާރުން ކުންފުންޏަކާ އެކު 2001 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއި ކުރި ކަމަށާއި އެ އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް އިތުރުކުރީ ރަނަގޅަށް ކަމަށެވެ.

މާމިގިލި އެއާޕޯޓުގެ މުއްދަތު އިތުރުކުރުމުގައި ކޮރަޕްޝަން
ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނާ ފަދަ އެއްވެސް ކަމެއް ހިމެނިފައި ނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

މާމިގިލި އެއާޕޯޓް ހިންގަން ވިލާ އެއާ އަށް ފުރަތަމަ ދިނީ 30 އަހަރަށެވެ. އެ މުއްދަތު 99 އަހަރަށް އިތުރުކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.

comment ކޮމެންޓް