ކްލަބު މޯލްޑިވްސް ކަޕްގެ ގުރުއަތު ނަގައިފި، ގްރޫޕްތައް ފޯރި ގަދަ

ރޭ ދަރުބާރު ގޭގައި ބޭއްވި ކްލަބު މޯލްޑިވްސް ފުޓްސަލް ކަޕުގެ ގުރުއަތު ނެގުމުގެ ތެރެއިން --- ސަން ފޮޓޯ

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ ގުރުއަތުލުން ބާއްވައިފިއެވެ.

މެދުކެނޑުމެއް ނެތި 12 އަހަރު މިހާތަނަށް ބާއްވާފައިވާ ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރުވެސް ފިރިހެން ޑިވިޝަންގެ 32 ޓީމު، އަދި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި މިފަހަރު ނުވަ ޓީމު ވާދަކުރާނެއެވެ.

ކްލަބު މޯލްޑިވްސްއާއި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ރޭ ދަރުބާރުގޭގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައެވެ. މިފަހަރުވެސް ގުރުއަތު ކުރިއަށް ގެންގޮސްފައިވަނީ ޕޮޓްތަކަށް ބަހާލައިގެންނެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ޓީމުތަކުން ހޯދާފައިވާ ކާމިޔާބީއަށް ބަލައި ޓީމުތައް ޕޮޓް ކޮށްފައިވާއިރު، މިއަހަރުގެ މުބާރާތުގައިވެސް ގިނަ ޓީމުތަކެއްވަނީ އަލަށް ބައިވެރިވެފައެވެ.

ރޭގެ ހަފްލާގައި ކްލަބު މޯލްޑިވްސްގެ ލޯޔަލް ސްޕޮންސަރުންނާއި ޕާޓްނަރުންނަށް ހާއްސަ ފިލައެއް އަރުވާލައިފައިވާއިރު، ބިދަބިން ބޮޑުބެރު ގްރޫޕްގެ ހަރަކާތްތަކާއެކު އިވެންޓް ފަޅުފިލުވާލަ ދިނެވެ.

ކްލަބު މޯލްޑިވްސް މުބާރާތުގައި 32 ޓީމަކުން ވަދަކުރާއިރު މިއަހަރުވެސް މުބާރާތް ކުރިއަށްދާނީއަށް ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭނެއެވެ.

ރޭ ދަރުބާރު ގޭގައި ބޭއްވި ކްލަބު މޯލްޑިވްސް ފުޓްސަލް ކަޕުގެ ގުރުއަތު ނެގުމުގެ ތެރެއިން --- ސަން ފޮޓޯ

ކްލަބު މޯލްޑިވްސް ކަޕް ގްރޫޕްތައް

ގްރޫޕް އޭ

އެމްޕީއެލް، ސިވިލް ކޯޓު، ތިލަފުށީ ކޯޕަރޭޝަން، މީޑިއާ ނެޓް

ގްރޫޕް ބީ

ބީއެމްއެލް، އެޗްޑީސީ، މީޑިއާ ކްލަބު، އިސްލާމިކް އެފެއާޒް

ގްރޫޕް ސީ

ފެނަކަ، ޕޮލިސް ކްލަބު، އެފްއެސްއެމް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ގްރޫޕް ޑީ

ހައުސިން، ކަސްޓަމްސް، ދިރާގު، މޯލްޑިވްސް ގޭސް

ގްރޫޕް އީ

އެމްއާރްޑީސީ، އާސަންދަ، ތައުލީމީ ގުޅުން، އުރީދޫ

ގްރޫޕް އެފް

ސްޓެލްކޯ، މޯލްޑިވިއަން، އެމްއެމްއޭ، ފެން ކްލަބު

ގްރޫޕް ޖީ

އެސްޓީއޯ، އެމްޓީސީސީ، އިމިގްރޭޝަންސް، ވެމްކޯ

ގްރޫޕް އެޗް

އެލައިޑް، ޕްރިޒަން ރެކްރިއޭޝަން ކްލަބު، ހޯމް އެފެއާޒް، އެކޮނޮމިކް ޑެވަލޮޕްމަންޓް

18/30 ވުމަންސް ފުޓްސަލް ފިއެސްޓާ ގްރޫޕްތައް

ގްރޫޕް އޭ

ޕޮލިސް ކްލަބު، ވެމްކޯ، އެކޮނޮމިކް މިނިސްޓްރީ

ގްރޫޕް ބީ

ފެނަކަ، އުރީދޫ، މޯލްޑިވިއަން

ގްރޫޕް ސީ

އެމްޕީއެލް، ފެނަކަ، ކަސްޓަމްސް

މިއަހަރުގެ ކްލަބު މޯލްޑިވްސް ކުރިއަށްދާނީ 18 މާޗުން އޭޕްރީލް 18 އަށެވެ. މިދިޔަ އަހަރުގެ ކްލަބު މޯލްޑިވެސްގެ ޗެމްޕިއަންކަން ހޯދީ އެމްއާރުޑީސީއެވެ. ފައިނަލްގައި އެމްއާރްޑީސީ ވާދަކުރީ އެމްޕީއެލްއާއެވެ. 18/30 ވުމަންސް ޗެމްޕިއަންކަނަ ފެނަކައިން ހޯދީ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށްގެންނެވެ.

comment ކޮމެންޓް