އައިއެސްގެ އަތް ދަށުން މިނިވަންކުރި ސަރަހައްދަކުން އިސްރާއިލުގެ ހަތިޔާރު ފެނިއްޖެ

ސީރިއާއިން އަތުލައިގަތް އިސްރާއިލުގެ ހަތިޔާރުތައް--

ސީރިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނައަޅާފައިވާ އައިއެސްޖަމާއަތުގެ އަށްދަށުން ސީރިއާ ސިފައިން މިނިވަންކުރި ސަރަހައްދަކުން އިސްރާއިލުގެ ހަތިޔާރުތަކެއް ފެނިއްޖެ އެވެ.

އައިއެސްގެ އަތްދަށުން، ސީރިއާގެ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ސަރަހައްދެއް ކަމަށްވާ ދައިރު އަލް ޒައުރުން ފެނުނު އިސްރާއިލުގެ ހަތިޔާރުތައް ސީރިއާގެ ދައުލަތުގެ މީޑިއާ އިން ވަނީ ދައްކާލައިފަ އެވެ.

އެ ސަރަހައްދުން ފެނުނު ހަތިޔާރުތަކުގެ ތެރޭގައި ރޮކެޓާއި މޯޓަރާއި އަދި ޓޭންކް ޝެލްތައް ވެސް ހިމެނެ އެވެ.

ސީރިއާގެ ސިފައިން ވަނީ އެ ސަރަހައްދުން ގޮވާތަކެތި ހަދާ ޕްލާންޓެއް ވެސް ހޯދައިފަ އެވެ. އަދި ފަނާކުރަނިިވި ހަތިޔާރު ތައްޔާރުކުރުމަށް ބޭނުންކުރާ ވައްތަރު ކަމަށް ބެލެވޭ އެއްޗެއް ވެސް ވަނީ ފެނިފަ އެވެ.

މީގެ ކުރިން ވެސް އިސްރާއިލުގައި އުފައްދައިފައިވާ ހަތިޔާތުތައް ސީރިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނަ އަޅާފައިވާ ގްރޫޕްތަކުން ހަރަކާތްތެރިވާ ސަރަހައްދުތަކުން ވަނީ ފެނިފަ އެވެ.

ސީރިއާ ސަރުކާރުން ބުނީ، އެ ގައުމުގައި ހަރަކާތްތެރިވާ ހައްދުފަހަނަ އަޅާފައިވާ ގްރޫޕްތަކަށް އިސްރާއިލުން ފުރިހަމައަށް މަދަދުދޭކަން، ހަތިޔާރުތަކުން ވަނީ ސާބިތުވެފަ އެވެ.

comment ކޮމެންޓް