"ކިޓް ކެޓް" ޗޮކްލެޓްގެ އާ އުފެއްދުމެއް ނެރެނީ

ކިޓްކެޓްގެ އާ އުފެއްދުމެއް އަހަރުގެ ފަހުކޮޅެ ބާޒާރަށް ނެރެނީ---

ދުނިޔޭގެ މިހާރު އެންމެ ނަން މަޝްހޫރު ކާބޯތަކެތި އުފައްދާ ކުންފުނި ނެސްލޭ ކުންފުނިން "ކިޓް ކެޓް" ޗޮކްލެޓްގެ އާ އުފެއްދުމެއް ބާޒާރަށް ނެރެން އުޅޭ ކަމުގެ އިޝާރާތެއް ދީފިއެވެ.

އަލަށް ބާޒާރަށް ނެރޭ އެ ޗޮކްލެޓަކީ "ޓްވިން ވެފަރ ބާ" އެއް ނަމަވެސް އެކީ "ޗަންކީ ބާރ"ގެ ސައިޒަށް އުފައްދާ ރަހަ މީރު ޗޮކްލެޓެކެވެ.

ސޯލްޓެޑް ކެރެމަލް، ޑަބަލް ޗޮކް އަދި މިނޫންވެސް އެކި ފްލޭވާތައް ހިމެނޭ ގޮތަށް ތައްޔާރު ކުރާ އޭގެ ޗޮކްލެޓް ފޮށްޓެއްގައި 20 ޗޮކްލެޓް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"ކިޓްކެޓް ސެންސެސް"ގެ ނަމުން ނަންދީފައިވާ އެ ޗޮކްލެޓް އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރެން ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެ ކުންފުނިން ބުނީ އަބަދުވެސް ތަފާތު ރަހަތަކެއް އެކުލެވޭ ޗޮކްލެޓްތައް އުފެއްދުމަށް މަސައްކަތް ކުރާ ކަމަށާއި މި އަހަރު ބާޒާރަށް ނެރޭ އާ ފްލޭވާޑް ކިޓްކެޓް ޗޮކްލެޓްގެ ރަހަ މީރުވާނެ ކަމަށެވެ.
މައުލޫމާތު: ލެޑް ބައިބަލް

comment ކޮމެންޓް