ޝުޖިތު ސިރްކާ ޑައިރެކްޓްކޮށް ވަރުން ދަވަން ލީޑް ރޯލް ކުޅޭ ފިލްމު "އޮކްޓޯބަރ"ގެ ޝޫޓިން ނިމިއްޖެއެވެ.
ފިލްމުގެ ޑައިރެކްޓަރު ބުނީ އޮކްޓޯބަރުގެ ޝޫޓިން އަވަހަށް ނިންމާލުމުން ހިތްހަމަ ޖެހޭ ކަމަށާއި ވަރުން އެ ފިލްމުގެ ލީޑް ރޯލު ކުޅެދިނީ އޭނާ ފިލްމު ކުޅޭ އަގުގެ ދެބައިކުޅަ އެއްބަޔަށް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފިލްމުގެ ޝޫޓިންއަށް ހޭދަވީ، 38 ދުވަހެވެ. އަދި އެ ފިލްމަކީ 200 މިލިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.
ބޮލީވުޑްގެ ކުޅަދާނަ ބަޠަލް ވަރުން ބުނީ 'އޮކްޓޯބަރ" ފިލްމުގައި އޭނާއަށް ކުޅެލަން ލިބުނީ އޭނާ އެންމެ ކުޅޭ ހިތްވާ ރޯލު ކަމަށާއި ފިލްމުގެ ސްކްރިޕްޓް ކިޔާލާފައި ފިލްމު ކުޅެން ނިންމީ ކަމަށެވެ.
"އަބަދުވެސް ފެށުނީއްސުރެން އޭނާ އާ އެކީ މަސައްކަތް ކުރާ ހިތްވޭ. ހަމަ ހުވަފެނެއް އެއީ. އަނެއްކޮޅުން ދުވަސްގަނޑަކަށް ފަހު ތަފާތު ރޯލަކުން ފެންނަން މިއުޅެނީ. މިއީ ހަމަ ޑްރީމް ޕްރޮޖެކްޓެއް. އަސްލު ފިލްމަކަށް ވުރެ މި ފިލްމް އަހަރެންނަށް މާ ހާއްސަ. ފިލްމްގެ ސަބަބުން އަހަރެން މުޅިން ބަދަލުކޮށްލައިފި. ތަފާތު މީހެއް މިހާރު އަހަރެންނަކީ،" މީގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ފިލުމުގައި ހަރަކާތްތެރިވާ ބަތަލާއަކީ ޕަންޖާބުގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ފިލުމުގެ ބަތަލާ ބެނީތާ ސަންދޫ އަކީ އުމުރުން 11 އަހަރުން ފެށިގެން އެކްޓްކުރާ ކުއްޖެކެވެ. ނަމަވެސް ބެނީތާ އާންމުންނަށް އެނގެން ފެށީ އޭނާ ކުޅުނު "އޭކް އަޖްނަބީ ހަސީނާސޭ" ކިޔާ ވީޑިއޯ ލަވައިންނެވެ. ނަމަވެސް މި ފިލްމަކީ އޭނާ އަލަށް ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.
ފިލްމު އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މައުލޫމާތު: އެންޓަޓެއިން ޓައިމްސް