އަންހެނުންނަށް ކަަރަންޓްގެ މަސައްކަތްތައް ދަަސްކޮށްދޭ ކޯހެއް ފަށައިފި

އަންހެނުންނަށް ކަރަންޓްގެ މަސައްކަތްތައް ދަސްކޮށްދިނުމަށްް ފެށި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯ

އަންހެނުންނަށް ކަރަންޓްގެ މަސައްކަތްތައް ދަސްކޮށްދިނުމަށްް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ޚާއްސަ ކޯހެއް ފަށައިފިއެވެ.

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ކޯސް އިފްތިތާހުކޮށްދެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރުއެވެ.

މިއީ ބޭސިކް ވަޔަރިންގްއާއި، ވަޔަރުކުރުމުގައި ގެންގުޅޭންޖެހޭ އުސޫލުތަކާއި އެހެނިހެން އަސާސީ ކަންކަން ދަސްކޮށްދޭ ކޯހެއް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

އަންހެނުންނަށް ކަރަންޓްގެ މަސައްކަތްތައ ދަސްކޮށްދިނުމަށްް ފެށި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯ

އަންހެނުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ފެށި މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ސެޓްފިކޭޓު ދިނުމަށް ހަމަޖެހިފައިވާ އިރު، އެފަރާތްތަކަށް ސްޓެލްކޯގެ ސަޕޯޓު ސާވިސްގައި ހުރި ވަޒީފާގެ ފުރުސަތުތައް ލިބޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ސްޓެލްކޯގެ ވަޒީފާތަކުގެ 30 ޕަސެންޓަކީ އަންހެނުންނަށް ހެދުމަށް މަސައްކަތްކުރައްވަމުން ދާކަމަށާއި އަދި ސްޓެލްކޯގެ މަސައްކަތް ނިސްބަތްވަނީ ޓެކްނިލް ދާއިރާއަަށް ކަމަށް ވާތީ، އެފަދަ މަސައްކަތްތައް އަންހެނުން ކުރަން ޖެހޭ ކަަމަށެވެ.

އަންހެނުންނަށް އަމާޒުކޮށްގެން މިއަދު ފެށި ކޯހަކީ އަދި ފެށުމެެއް ކަމަށާއި އަދި އެ ޕްރޮގްރާމަކީ، ކަރަންޓުގެ ދާއިރާއަށް އަންހެނުންގެ ޝައުގުވެރިކަން ހުރިވަރު ބެލުމަށް ފެށި ޕްރޮގްރާމެއް ކަމަށް ވެސް ޒުހޫރު ވިދާޅުވިއެވެ.

އަންހެނުންނަށް ކަރަންޓްގެ މަސައްކަތްތައ ދަސްކޮށްދިނުމަށްް ފެށި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯ

"އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި އެކުލަވާލާ ޕްރޮގްރާމްތަކަކީ މިއަށްވުރެ ފުޅާ ދާއިރާއެއްގައި އަދި މިއަށްވުރެ ތަނަވަސްކޮށް ހުޅުވާލެވޭ ޕްރޮގްރާމަކަށް ވެގެންދާނެ،" ޒުހޫރު ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ މިއީ ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި އަދި އެ ކުންފުނީގެ އަމާޒަކީ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުން ކަމަށެވެ.

ބާރަ ގަޑިއިރުގެ އެ ބޭސިކް ކޯހުގައި ކިޔަވައިދޭނީ ސްޓެލްކޯގެ އިންޖިނިއަރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް