ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމެނީ!

ކުޅުދުއްފުށި ބޮޑުމަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ/ އެމްއާރްޑީސީ

ހދ. ކުޅުދުއްފުށީގެ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ނިމުމާގާތަށް ހިނގައްޖެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކުޅުދިއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން "ސަން" އަށް މިއަދު ވިދާޅުވީ، އެރަށުގެ 18 މަގުތަކުގެ ތެރެއިން 16 މަގެއްގައި ތާރު އަޅައި ނިމިފައިވާ ކަމަށެވެ. އަދި އެރަށު ބަންޑާރަމަގުގައި ތާރު އެޅުމުގެ މަސައްކަތް ހުކުރު ދުވަހުގެ ރޭ ފަށައިފައިވާ ކަމަށެވެ.

ބަންޑާރަމަގުގެ ދެބައިކުޅަ އެއްބައިގައި މިހާރު ތާރު އަޅައި ނިމިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ވެސް ހުންނަ އެއްކިލޯ މީޓަރުގެ އެ ދިގު މަގަކީ އެރަށުގައި އެންމެ ކާރޫބާރޫ ބޮޑު މަގެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރު މަސައްކަތް ނުފަށައި ވަނީ ހަމައެކަނި ބަނދަރު މަގުގައި އެކަނި ކަމަށެވެ. އަދި ވިދާޅުވީ ރަށުގެ މަގުތަކުގައި އަދި ޕޭމަންޓްގާ ވެސް އަދި ޖަހައި ނުނިމޭ ކަމަށެވެ.

ކުޅުދުއްފުށި މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް އެމްއާރްޑީސީއަށް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. އެ މަސައްކަތް އެމްއާރްޑީސީއަށް ހަވާލުކޮށްފައި ވަނީ 54 މިލިއަން ރުފިޔާ އަށެވެ.

comment ކޮމެންޓް