މާފަންނު މަދަރުސާގެ 34 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ފެއާއެއް

އަހަރީ ދުވަހާ ގުޅިގެން މާފަންނު މަދަރުސާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުެ ތެރެއިން-- ފޮޓޯ: މާފަންނު މަދަރުސާ

މާފަންނު މަދަރުސާގެ 34 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ފެއާއެއް ބާއްވާ ގޮތަށް އެ ސްކޫލުން ހަމަޖައްސައިފިއެވެ.

މާފަންނު މަދަރުސާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަހަރީ ދުވަހާ ގުޅިގެން ސްކޫލާއި ޕީ.ޓީ.އޭ އަދި ބެލެނިވެރިން ގުޅިގެން ބާއްވާ ފެއާއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.

" އަހަރީ ދުވަހާގުޅިގެން ސްކޫލުގެ ދަރިވަރުންނަށާއި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފެއާގައި ގިނަ ސްޓޯލްތަކެއް ހުންނާނެ. އޭގެ ތެރޭގައި ބިރުވެރި ހޮހޮޅައާއި ތަފާތު އުމުރުތަކަށް އަމާޒުކޮށްފައިވާ ސްޓޯލްތަކާއި އަދި ވިޔަފާރީގެ ސްޓޯލްތައް ވެސް ހިމެނޭނެ،" މާފަންނު މަދަރުސާގެ ޕްރިންސިޕަލް އަރުޝަދު އަޝްރަފް ވިދާޅުވިއެވެ.

އަހަރީ ދުވަހާ ގުޅިގެން މާފަންނު މަދަރުސާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: މާފަންނު މަދަރުސާ

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޑީއެފްއާ ގުޅިގެން "ޕޫލް" ޑޭއެއް މިއަދު ފާހަގަކޮށްފައިވާ ކަމަށްވެސް މާފަަންނު މަދަރުސާއިން ބުންޏެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު މާފަންނު މަދަރުސާގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަަކަދައްކަވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވަނީ އަހަރީ ދުވަސް ފާހަގަ ކުރިއިރު ދަރިވަރުންނާ ރައްޓެހި ގުޅޭ މާހައުލެއްގައި އެކަން ކުރުމުން، އެކަން ފާހަގަކުރައްވައިފައެވެ.

ތިން ސަތޭކަ އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ މާފަނުންނު މަދަރުސާގައި މިހާރު ކިޔަވައިދެމުންދަނީ ހަމައެކަނި ޕްރީސްކޫލުގައި އެކަންޏެވެ. އެގޮތުން އެސްކޫލުގައި ބޭބީ ނާސަރީން ފެށިގެން، އެލްކޭޖީ އަދި ޔޫކޭޖީގައި ވެސް ދަނީ ކިޔަވައިދެމުންނެވެ.

comment ކޮމެންޓް