އަލަށް ހަދާ ރިސޯޓެއްގައި "ބުދު" ބަހައްޓާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފި

ގާކޮށިބީގައި ބަހައްޓަން ތައްޔާރުކޮށްފައިވާ "ބުދުތަކެއް"--ފޮޓޯ/ ސޯޝަލް މީޑިއާ

ށ. ބިލެތްފަހި ކައިރީގައި އޮންނަ ގާކޮށިބީގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގައި "ބުދު"ތަކެއް ބަހައްޓަން އުޅޭ ކަމަށް ބުނެ، ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެރިސޯޓުގައި ބެހެއްޓުމަށް ތައްޔާރުކޮށްފައިވާ "ބުދު"ތަކުގެ ފޮޓޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ "ބުދު"ތަކަކީ އެ ރިސޯޓުގައި ހަދާފައިވާ "ބުދު"ތަކެކެވެ. އަދި އެ "ބުދު"ތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ އެ ރަށުގައި ތަރައްގީކުރާ ކަނޑު އަޑީގެ ދާރުލް އާސާރުގަ އެވެ.

ގާކޮށިބީގައި ތައްޔާރުކުރާ ކަނޑުއަޑީގެ ދާރުލް އާސާރު ހުންނާނެ ގޮތް--ފޮޓޯ/ ސޯޝަލް މީޑީއާ

މިއީ ރާއްޖޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ދާރުލްއާސާރު ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ދާރުލްއާސާރު ފަރުމާކޮށްފައި ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އާޓިސްޓް ޖޭސަން ޑެކެއަސް ޓޭލާ އެވެ.

ސިއްރު ފެންފުށި ރިސޯޓުގެ ނަމުގައި ތަރައްގީކުރާ އެ ރިސޯޓުގެ މަސައްކަތް މުޅިންހެން ނިމިފައިވާ އިރު އެ ރިސޯޓް އަންނަ އޭޕްރީލް މަހު ހުޅުވަނީ ލަގްޒަރީ ފެންވަރުގެ 120 ވިލާއާ އެކު އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް