މެމްބަރު މަހުލޫފާއި މުހައްމާ ހައްޔަރުކޮށްފި

މުހައްމާ އަދި މަހުލޫފް --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރުކޮށްފިއެވެ.

އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ މިރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުންގެންދާ މުޒާހަރާގެ ތެރެއިންނެވެ.

މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލާން ފަށާފައިވަނީ 23:00 ހާއިރު އެވެ. މުޒާހަރާގެ ބައިވެރިން ފުލުހުން ފަހަތައް ޖައްސަން ފެށުމުން ބައިވެރިންވަނީ ސޯސަންމަގުން އޭޑީކޭ ހޮސްޕިޓަލާ ހިސާބަށް ފަހަތައް ޖެހިފައެވެ.

އެ ސަރަހައްދުގައި އާންމުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރަށް ހަމަނުޖެހުން ހިނގިތަން "ސަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

އަދި އެ ސަރަހައްދުން ވަނީ ވީ މީޑީއާގެ ޓެކްނީޝަނަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރު ވަނީ "ސަން" ގެ ނޫސްވެރިންނަށް ފެނިފައެވެ. ގިނައިރުތަކެއް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

މިރޭގެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ޕެޕާ ސްޕޭރޭގެ އަސަރުކޮށްފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަންގު ޓީވީގެ ނޫސްވެރިއަކަށް ވަނީ ޕެޕަ ސްޕްރޭގެ އަސަރުކޮށްފައެވެ.

comment ކޮމެންޓް