ވަކިން ލޯބިންގެ "ހިތުގެ ނަށާ ރާނީ" ރިލީޒްކޮށްފި

ހިތުގެ ނަށާ ރާނީގެ މަންޒަރެއް----

ޑާކްރެއިން އެންޓަޓެއިންމަންޓް އިން މި އަހަރު ގެނެސްދޭ އެންމެ ފުރަތަމަ ފިލްމު ވަކިން ލޯބިންގެ ދެވަނަ ލަވަ "ހިތުގެ ނަށާ ރާނީ" ރިލީޒްކޮށްފި އެވެ.

އަންނަ މާޗު މަހުގެ ފަސް ވަނަ ދުވަހު އޮލިމްޕަސް ސްކްރީނަށް އަންނަ އެ ފިލްމުގެ މި ލަވަ ކިޔާފައި ވަނީ މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ރަނަރަޕް ހަމޫދް އަހުމަދެވެ.

"ހިތުގެ ނަށާ ރާނީ" އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) އެވެ.

"ހިތުގެ ނަށާ ރާނީ"ގައި ފުވައްމުލަކުގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދެ އެވެ. އެ ލަވައިން ފެނިގެން ދިޔައީ ވަކިން ލޯބިންގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާ މަރިޔަމް މަޖުދާ( މަޖޫ) އަދި ޖުމައްޔިލް ނިމާލެވެ.

އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ.

ފިލްމުގެ ތަރިންގެ ގޮތުގައި ނުޒުހަތު ޝުއައިބު (ނުޒޫ)، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

comment ކޮމެންޓް