އަމީނިއްޔާ ސްކޫލުން ދޭ އަމީން ދީދީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޖެނުއަރީ 14، 2018: ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު، 81،000 ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ހަނދާނުގައި އަމީނިއްޔާ ސްކޫލުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ މުހައްމަދު އަމީން ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އަމީނިއްޔާ ސްކޫލުން ބުނީ، އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު 19 ފެބްރުއަރީވާ ހޯމަ ދުވަހު މެންދުރު 13:00 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެދުވަހުގެ ކުރިން ސިޓީ ހުށައަޅަންވާނެ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވަނީ ކުރިން އެ ސްކޮލަޝިޕް ލިބުނު ދަރިވަރު ބޭނުންވެގެން އެ ފުރުސަތު ދޫކޮށްލުމުންނެވެ.

ފޮނުވާ ސިޓީގައި ތިރީގައިވާ މައުލޫމާތު ހިމަނަން ވާނެއެވެ.

  • ދަރިވަރުގެ ފުރިހަމަ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ބެލެނިވެރިޔާގެ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ސިޓީއާއެކު ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ އަސްލާއެކު ކޮޕީއެއް، އަދި 2017 ވަނައަހަރުގެ ސްކޫލް ރިޕޯޓްފޯމް ގެ އަސްލާ އެކު ކޮޕީއެއް(ގްރޭޑް 7 ގެ ފަހުޓާރމް) ހުށަހަޅަންވާނެއެވެ.

މުހަައްމަދު އަމީން އެވޯޑަކީ އަމީނިއްޔާ ސްކޫލްގެ ރަންޔޫބިލް ހަރަކާތާ ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑްގެ ދަށުން 1995 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ.

އަމީން ދީދީ އެވޯޑުގެ ޝަރުތުތައް:

  1. 2016 ޖަނަވަރީ އެކަކަށް 14 އަހަރު ނުފުރޭ ކުއްޖެއް ކަމުގައިވުން.
  2. 2016 ވަނަ އަހަރު މާލެ/ ވިލިނގިލި /ހުޅުމާލެ ފިޔަވައި އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް ހަތެއް ނިންމި ކުއްޖަކަށްވުން.
  3. އަހުލާގު ރަނގަޅު ކުއްޖެއް ކަމުގައިވުން.
  4. 2016 ވަނަ އަހަރުގެ ފަހު ޓާމްގެ ފައިނަލް އެވްރެޖް 75 ޕަސެންޓް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

ފެބްރުއަރީ 19 ވަނަ ވާ ހޯމަ ދުވަހުގެ 14.00 ގެ ފަހުން ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓެއް ސްކޫލް ނޯޓިސް ބޯޑުގައި ޝާއިއުކުރާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

އެވޯޑަށް ކުރިމަތިލާ ދަރިވަރުންގެ މެދުގައި ނަގާ އިމްތިހާން އޮންނާނީ މި މަހުގެ 21 ވާ ބުދަ ދުވަހު ހެނދުނާއި މެންދުރު ފަހުއެވެ. އަދި އިމްތިހާންގެ ނަތީޖާ ދޫކުރާނީ މިމަހުގެ 22 ވަނަ ދުވަސް ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ފަހުންނެވެ.

comment ކޮމެންޓް