އެސްޓީއޯ ޗޮކްލެޓް ފެސްޓް ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ޗޮކްލެޓް ފެސްޓް ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔަތުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

ފާއިތުވި އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް އެސްޓީއޯ ސުޕަމާޓް އިން ޗޮކްލެޓް ފެސްޓުގެ ނަމުގައި ޕޮރޮޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެސްޓީއޯ ސުޕަމާޓްގައި އެ ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށެވެ.

އެ ޕޮރޮމޯޝަންގައި ތަފާތު ބްރޭންޑްތަކުގެ ޗޮކްލެޓުން ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި އެ ޕްރޮމޯޝަންގެ މުއްދަތުގައި 250 ރުފިޔާއަށް ވުރެ އިތުރަށް ޗޮކްލެޓްގެ ވިޔާފަރި ކުރައްވާ ތިން ފަރާތަކަށް ޗޮކޮލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭ ގޮތަށް ހަދިޔާތަކެއް ލިބިގެންދާ ލަކީޑްރޯއެއް ކުރިޔަށްދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ، މި އަހަރުގެ ޕޮރޮމޯޝަން ކުރިޔަށްދަނީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ޗޮކްލެޓު އެތެރެކޮށް ވިއްކާ އަދި މި އަހަރުގެ ޗޮކްލެޓް ފެސްޓުގެ ޕާޓްނަރުން ކަމުގައިވާ ވީބީ، ޔޫރޯ ސްޓޯރު ސީންކޯގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާ އެއްކޮށް ކަމަށެވެ.

އެ ޕޮރޮމޯޝަންގައި ހަމައެކަނި ޗޮކްލެޓް ފެސްޓަށް ހާއްސަކޮށްގެ އަލަށް ނެރޭ އެތައް ވައްތަރެއްގެ ޗޮކްލެޓް ހިމެނެ އެވެ. ތަފާތު ވައްތަރުގެ ޗޮކުލެޓްގެ ރަހަ ބަލަން ބޭނުންވާ މީހުންނަށް ޕްރޮމޯޝަންގެ ތެރެއިން އެކި ގަޑި ތަކުގައި އެފުރުސަތު ވެސް ހުޅުވައިލެވިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް