ތިން އެއާޕޯޓަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި

ފުނަދޫ އުތުރު ހުޅަނގު ފަރާތުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން: މިހާރު ކުރިއަށް ދަނީ ބަންޑުވޯލު ޖެހުމަށްފަހު މޫދުން ހިއްކާ 21 ހެކްޓަރު ހިއްކުމުގެ މަސައްކަތް--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރާއްޖޭގެ ތިން އެއާޕޯޓަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.

އެމްއޭސީއެލް އިން ކުރި އިއުލާނުގައި ބުނެފައިވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، އަދި ނ. މާފަރު އެއާޕޯޓަށް އެއަރޯޑްރޯމް ފްލައިޓް އިންފޮމޭޝަން ސާވިސް އޮފިސަރ ޓްރެއިނީގެ ހަ އޮފިސަރުން ބޭނުން ވާކަމަށެވެ.

އެމަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކުގެ ގޮތުގައި ވަނީ، އިނގިރޭސި އަދި ހިސާބު މާއްދާ އެކުލެވޭގޮތައް ޖީސީއީ އޯލެވެލް ގެ މަދުވެގެން ތިން "ސީ" ފާސް ލިބިފައިވުން، އިނގިރޭސި އަދި ދިވެހިން ފަރިތަކޮށް ވާހަކަދައްކަން އެނގުމެވެ. މީގެ އިތުރުން ކޮންޕިއުޓާ ލިޓަރެސީ އަދި ޓެކްނިކަލް ޑިޕްލޮމާ ނުވަތަ އެކްރެޑިޓެޑް ޑިގްރީއެއް އޮންނަ ފަރާތްތަކަށް ފުރުސަތު ބޮޑުވާނެކަމަށް އެމްއޭސީއެލްގެ އިއުލާނުގައި ވެއެވެ.

އެ މަގާމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 21 ފެބްރުއަރީ ވާ ބުދަ ދުވަހުގެ 16:00ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް ފުރުމަށްފަހުގައި އެމްއޭސީއެލް އަށް ހުށައަޅަށް ޖެރހޭނެ ކަމަށް އެމްއޭސީއެލްގެ އިއުލާނުގައި ވެއެވެ.

comment ކޮމެންޓް