އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ހިޝާމް އިސްތިއުފާ ދެއްވައިފި

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ހިޝާމް އަހުމަދު-- ފޮޓޯ: ފޭސްބުކް

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުން ހިޝާމް އަހުމަދު އިސްތިއުފާ ދެއްވައިފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހިޝާމް އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް ހިޝާމް އިސްތިއުފާ ދެއްވި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ހިޝާމް އިސްތިއުފާދެއްވި އިރު، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ހުސައިން ރަޝީދު ވެސް ވަނީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ސަރުކާރުން ތަންފީޒު ނުކުރުމުން ސިޔާސީ މަގާމުތަކުގައި ތިބި އެކި ބޭފުޅުން ދަނީ އިސްތިއުފާ ދެއްވަމުންނެވެ.

comment ކޮމެންޓް