ވެނެޒުއޭލާ އަށް ޗައިނާ އިން އެހީވާތީ އެމެރިކާ އިން ރުޅި ގަދަވެއްޖެ

ވެނަޒުއޭލާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ. ވެނެޒުއޭލާގެ އިގްތިސާދު އަރައިގަތުމަށް ޗައިނާއިން އެހީވާތީ އެމެރިކާއިން ވަނީ ރުޅިގަދަވެފައި -- ފޮޓޯ: އޭޕީ

ވޮޝިންގްޓަން (03 ފެބްރުއަރީ): ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔަ ދުވަސްވަރު ވެނެޒުއޭލާގެ އިގްތިސާދު އަޑި އަޅައިގެންފައިވާތީވެ، އެގައުމުގެ އިގްތިސާދު އަރައިގަތުމަށް ޗައިނާ އިން އެހީވާތީ އެމެރިކާ އިން ވަރަށް ބޮޑަށް ރުޅިއަތުވެއްޖެ އެވެ.

އެމެރިކާގެ ޓްރެޝަރީ އަންޑާ ސެކެޓްރީ ފޯ އިންޓަނޭޝަނަލް އެފެއާޒް ޑޭވިޑް މެލްޕަސް ވިދާޅުވީ ޗައިނާއިން ވެނެޒުއޭލާއަށް ދެމުންދާ ލޯނުތަކުގެ ސަބަބުން ވެނެޒުއޭލާގެ އިގްތިސާދު ހަލާކުވަމުން ދާ ކަމަށެވެ.

"ވެނެޒުއޭލާ އިންސާނީ މުސީބާތަކަށް ޖެހި އިގްތިސާދު ހަލާކުވުމުގެ ޒިންމާ ނަގަން ޖެހޭނީ އެގައުމުގެ ވެރިން. ޗައިނާއަކީ ވެނެޒުއޭލާއަށް އެންމެ ގިނައިން ލޯނުދޭ ގައުމު. ވެނެޒުއޭލާއަށް ޑިމޮކްރަސީ އަލުން ރުޖޫއަވެ، އިގްތިސާދު ހަމައަކަށް އެޅުމުން މިހާރު ގައުމަށް ދިމާވެފައިވާ ހުރިހާ ގެއްލުމެއްގެ ޒިންމާ އެޅޭނީ ބައިނަލަގްވާމީ ގައުމުތަކުގެ ކޮނޑުގައި." މެލްޕަސް ވިދާޅުވި އެވެ.

ވެެނެޒުއޭލާއިން ވަނީ އެ ގައުމުގެ އިގްތިސާދު އަރައިގައުމުގެ ގޮތުން ޗައިނާއިން ލޯނުދޭ ގޮތަށް ތެޔޮ ފޯރުކޮށްދޭން ފަށައިފަ އެވެ.

މެލްޕަސް ވިދާޅުވީ ޗައިނާއިން އަބަދުވެސް ދަޅަ ދައްކައިގެން ތަރައްގީ ގެނެސްދޭނެ ކަމަށް ބުނަމުން ދާ ކަމަށާއި އެހެންނަމަވެސް އޭގެން އެކި ގައުމުތަކަށް ފައިދާ ލިބެނީ ކުރު މުއްދަތަކަށް ކަމަށެވެ.

ވެެނެޒުއޭލާގެ އިންސާނީ ހައްގުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށްބުނެ އެމެރިކާ އިން ވަނީ ވެނެޒުއޭލާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ.

މަސްދަރު: ބްލޫމްބާގް

comment ކޮމެންޓް