ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

ފުވައްމުލަކު ސިޓީ-- ސަން ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީގައި މިއަދު އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ފުވައްމުލަކު ތާރު އެޅި މަގުގައި ހިނގި އެކްސިޑެންޓްގައި މަރުވެފައި ވަނީ އުމުރުން 74 އަހަރުގެ ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އެމީހާއަކީ އެ ސިޓީގެ ދޫޑިގަމު އަވަށު މީހެކެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ ކާރަކާއި ބައިސްކަލެއް ޖެހިގެންނެވެ.

އެ ހާދިސާގައި މަރުވީ ބައިސްކަލް ދުއްވަން އިން މީހާ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 11:25ގައި ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް