އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕުގައި ކިޔަވަން ދިޔަ ދަރިވަރުންނާ އެކު، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރައިސް ހަޗަސަން ބައްދަލުކުރައްވަނީ --- ފޮޓޯ/ އޮސްޓްރޭލިއާ އެވޯޑްސް

ދިވެހި ސަރުކާރާއި އަމިއްލަ ފަރުދުންނާއި އެކިއެކި މުއައްސަސާތައް ތަރައްގީކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ދެމުން އަންނަ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އަންނަ އަހަރުގެ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮސްޓްރޭލިއާ އެވޯޑްސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މި އަހަރު މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމަށް ތަފާތު ހަތަރު ދާއިރާއަކުން ފުރުސަތު ހުޅުވާލާފައިވެއެވެ. އެއީ މިދިޔަ އަހަރު ވެސް ފުރުސަތު ހުޅުވާލި އެޑިއުކޭޝަނާއި އިކޮނޮމިކް ޑިވަލޮޕްމެންޓާއި، އެންވާރަމަންޓް މެނޭޖްމަންޓުގެ އިތުރުން ގުޑް ގަވަނަންސްގެ ދާއިރާއެވެ.

comment ކޮމެންޓް