ހެލްތު އެމަޖެންސީ އޮޕަރޭޝަންތަކަށް ބޭނުންކުރާ ތަކެތި ޑަބްލިއުއެޗްއޯއިން ހަދިޔާކޮށްފި

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ބޭނުންވާ ތަކެތި ޑަބްލިއުއެޗްއޯ އިން ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ

ބަލިމަޑުކަމެއްގެ ހާލަތުގައްޔާއި ދިމާވެދާނެ ގުދުރަތީ ކާރިސާތަކުން އާންމުންނަށް ސިއްހީ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީއާއެކު މިނިސްޓްރީ އޮފް ހެލްތުގައި ގާއިމް ކޮށްފައިވާ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ބޭނުންވާނެ ތަކެތި ޑަބްލިއުއެޗްއޯއިން ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމްއާއި އެ ތަކެތި ހަވާލުކޮށްދެއްވީ، ދުނިޔޭގެ ސިއްޚަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު، ޑރ. އަރުވިންދް މާތުރުއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ބޭނުންވާ ތަކެތި ޑަބްލިއުއެޗްއޯ އިން ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އިމަޖެންސީ ސެންޓަރެއް ހުރުމަކީ ކޮންމެހެން ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ބޯފެން ނުލިބިއްޖިއްޔާމު މައްސަލަަތައް އިތުރަށް ރައްޔިތުންގެ ކަންބޮޑުވުމަކަށް ދާނެ. ބަލިމަޑުކަމެއް ފެތުރިއްޖިއްޔާ އެތަނެއްގައި ބޭސްފަރުވާގެ ކަންތައް ހުރީ ކިހިނެއްތޯ، ނުލިބެނީ ކޮން ބޭހެއްތޯ އަދި އޭގެ ސްޓޮކެއް ރާއްޖޭގެ ކޮންތަނަކުންތޯ ލިބެން ހުރީ، މިހުރިހާ ކޯޑިނޭޝަންތައް ކުރުން ވަރަށް މުހިންމު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީހުންގެ ސިއްހީ ޚިދުމަތަށް އަވަހަށް އެޓެންޑް ނުޖުރެވިއްޖެ ނަމަ، ދިމާވާ އެމަޖެންސީއެއްގެ ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރާޢްޖޭގެ އެމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށްވެސް ހިދުމަތް ފޯރުކޮށް އެއްވެސް ސަރަހައްދެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އަބަދުވެސް ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުން ގެންގޮސްފައިވާ ކަމަށެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ބޭނުންވާ ތަކެތި ޑަބްލިއުއެޗްއޯ އިން ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރެވުނު ތަކެތީގެ ސަބަބުން އިމެޖެންސީ ހާލަތްތަކުގައި ވެސް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަން އެއް ވިއުގައަކުން ގުޅާލެވި، އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން އަވަހަށް ފޯރުކޮށް ދެވޭނެ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ސެޓެލައިޓް ކަނެކްޝަނާއި އިންޓަނެޓް ކަނެކްޝަނާ އެކު ބޭނުންކުރާ މޮންޑޯޕެޑާއި، ކަރަންޓު ނެތް ހާލަތެއްގައި އޮޕަރޭޝަންސް ސެންޓަރަށް ކަރަންޓު ދިނުމަށް ޕޯޓަބަލް ޖެނެރޭޓަރު ސެޓެއްގެ އިތުރުން، ސެޓަލައިޓް ފޯނާއި ހާއްސަ ލެޕްޓޮޕެއް ހިމެނެއެވެ.

comment ކޮމެންޓް