މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކަރަންޓު ކެނޑުނު ސަރަހައްދު ތަކަށް ކަރަންޓު ދޭން މަސައްކަތް ކުރަމުން ދަނީ. ބައި ގަޑިއެއްހާއިރު ފަހުން ކަރަންޓު ލިބޭނެ،" ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑިފައިވަނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
ގަލޮޅު އަދި ހެންވޭރުގެ ބައެއް ހިސާބުތަކުގައި ކަރަންޓު ނެތް ކަމަށް މައުލޫމާތު ލިބެއެވެ.