އެމެރިކާގެ އެންމެ ބޮޑު މުސާރަ ލިބޭ ސީއީއޯއަކީ ގޫގުލްގެ ސީއީއޯ!

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ --

ގޫގުލްގެ މައި ކުންފުނި، އަލްފަބެޓުން ވަނީ ގޫގުލްގެ ސީއީއޯއަށް 199 މިލިއަން ޑޮލަރުގެ ހިއްސާ ދީފަ އެވެ. އެހެންކަމުން، ސުންދަރު ޕިޗާއީ އަކީ މިހާރު އެމެރިކާގެ އެންމެ ބޮޑު މުސާރައެއް ލިބޭ ސީއީއޯ އެވެ.

ގޫގުލްގެ ސީއީއޯގެ މަގާމު ޕިޗާއިއަށް ލިބުނީ އަލްފަބެޓް އުފެދުމާ ގުޅިގެންނެވެ.

ޔޫއެސް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަންގައިވާ ގޮތުން ފެބްރުއަރީ 3 ވަނަ ދުވަހު އަލްފަބެޓުން ވަނީ 199 މިލިއަން ޑޮލަރުގެ އަގުހުރި އެކުންފުނީގެ 273،328 ހިއްސާ ޕިޗާއީއަށް ދީފަ އެވެ.

ޕިޗާއީ އަލަށް އެލިބުނު ހިއްސާ އާއި ކުރިން ލިބިފައި ހުރި ހިއްސާގެ އަގު އެއްކޮލުމުން، ޕިޗާއީއަށް ލިބިފައި ހުރި ހިއްސާގެ އަގު 650 ޑޮލަރަށް އަރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

މިދިޔަ ހަފްތާގައި އަލްފަބެޓް ވަނ،ީ އެޕަލް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ލަގަބު ހޯދައިފަ އެވެ. (ބީބީސީ)

comment ކޮމެންޓް