ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ބޭހާ ގުޅޭ ސައްހަ ނޫން މައުލޫމާތު ދަނީ ފެތުރެމުން: އެމްއެފްޑީއޭ

ބޭސް ފިހާރައެއްގެ އެތެރެ: ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފައި ވަނީ 12 ބޭހެއް -- ސަން ފައިލް ފޮޓޯ

ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ބޭހާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފެތުރެމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އެތެރެކޮށް ވިއްކުން މަނާ ބޭހުގެ ތެރެއިން ބައެއް ބޭސްތައް އެތެރެ ކުރުމާއި ވިއްކުން މަނާ ކުރެވިފައިވާ ކަމުގެ ސައްހަ ނޫން މައުލޫމާތު އާންމުންނަށް އޮޅުންއަރާ ފަދަ ގޮތަކަށް ފެތުރެމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ފާއިތުވި އަހަރު ތެރޭގައި އެ އޮތޯރިޓީން އެތެރެކުރުމާއި ވިއްކުން މަނާކޮށްފައި ވަނީ ހަމައެކަނި 12 ބޭހެއް ކަމަށާއި އިތުރު އެއްވެސް ބޭހެއް އެތެރެކުރުން މަނާ ކުރެވިފައި ނުވާ ކަމަށެވެ.

އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެ ނޫން އިތުރު ބްރޭންޑްތައް ރާއްޖެ އެތެރެކޮށް ވިއްކުން ހުއްދަ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

comment ކޮމެންޓް