ޓްރީ ޓޮޕުން ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފި

ޓްރީޓޮޕް ހޮސްޕިޓަލް ---

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހަވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށެވެ.

މިގޮތުން، ޓުރިީޓޮޕުން ބުނީ މި ކެމްޕެއިންގެ އަމާޒަކީ، އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ފަރާތްތަކަށާއި، މުޖުތަމަޢުއަށް ލޭހޯދުމަށް ހުންނަ ދަތިތަކަށް ލުއިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

ހަމަމިއާއެކު، މިހާރުން މިހާރަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ނަގާ ލޭ، ރާއްޖޭގެ އެހެނިހެން ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ހަދިޔާކުރެވިގެންދާނެ ކަމަށް ޓުރީޓޮޕުން ބުންޏެވެ.

ޓުރީޓޮޕް ހޮސްޕިޓަލުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ކެމްޕެއިންގައި އެ ހޮސްޕިޓަލުގެ ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް މުވައްޒިފުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ އިޖުތިމާޢީ ޒިންމާގެ ސަގާފަތެއް ކުރިއަރުވައި، ދިވެހި މުޖުތަމަޢުއަށް ފައިދާކުރާނެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އަބަދުވެސް އަހަމިއްޔަތުކަމެއް ދޭ ހޮސްޕިޓަލެކެވެ.

comment ކޮމެންޓް