މާސެލޯގެ ކޮނޑަށް އަނިޔާވެ ކުޅުމާ ދުރަށް

މާސެލޯ: އޭނާގެ ކޮޑު ހުޅަށް ލިބުުނު އަނިޔާއަކާ ގުޅިގެން ކުޑަ ދުވަސްކޮޅަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައި ވަނީ ---

ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯގެ ކޮޑަށް އަނިޔާވެ ކުޑަ ދުވަސްކޮޅަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ މާސެލޯ އަށް އަނިޔާވެފައިވަނީ ލީގުގައި އެންމެފަހުން ގްރެނާޑާއާ ދެކޮޅަށް ކުޅެ 1-2ގެ ނަތީޖާއިން ރެއާލް މޮޅުވި މެޗުގައެވެ.

އެ އަނިޔާ ގުޅިގެން ރެއާލް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާސެލޯގެ ކޮޑުގެ ސްކޭން ތަކެއް ހަދާފައިވާކަމަށާއި ސްކޭން ތަކުން ދައްކާ ގޮތުން އޭނާގެ ކޮޑު ހުޅަށް އަނިޔާވެފައިވާ ކަމަށެވެ.

އެ އަނިޔާ އިން މާސެލޯ ސަލާމަތްވެ ކުޅުމުގެ ތެރެއަށް އާދެވޭނެ ވަކިދުވަހެއް ހާމަކޮށްފައިނުވި ނަމަވެސް އިތުރު ޓެސްޓް ތަކަށް ފަހު މުޅިން ފިޓްވާނެ ދުވަހެއް ހާމަކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މާސެލޯއަށް ކުޅުމުގެ ތެރެއަށް އައުމަށް ދޭއް ނޫނީ ތިން ހަފްތާ ނަގާނެ އެވެ. އެހެންކަމުން ލީގްގައި ތިން މެޗާއި ޗެމްޕިއަންސް ލީގްގެ ފުރަތަމަ ލެގްގައި ރޯމާއާ ދެކޮޅަށް ކުޅޭ މެޗު މާސެލޯ އަށް ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ރެއާލްގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އާދަކޮށް ގަވާއިދުން ފުރަތަމަ 11 އިން ޖާގަ ހޯދަމުން އަންނަ މާސެލޯ ވަނީ މި ސީޒަނުގައި މިހާތަނަށް އެ ކްލަބަށް 24 މެޗު ކުޅެދީފައެވެ.

comment ކޮމެންޓް