ހުޅުމާލޭ ދުވާރުމަތީގައި ހުރި ޖޯލި ފަދަ ތަކެތި ނަގައިފި

ހުޅުމާލޭގައި ބަހައްޓާފައި ހުރި ޖޯއްޔެއް ފުލުހުން ނަގަނީ --

ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭ މަގުތަކުގެ ދުވާރު މަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޖޯލި ފަދަ ތަކެތި ނަގައިފި އެވެ.

ފުލުހުން އަދި އެޗްޑީސީ އިން އެ އޮޕަރޭޝަން ހިންގީ އިއްޔެ އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭ މަގުތަކުގެ ދުވާރު މަތީގައި ގިނަ އަދަދަކަށް ތަކެތި ގަވާއިދާ ހިލާފަށް ބަހައްޓައި ހުރި ކަމަށާއި އެކަމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިއުދަނގޫތައް ކުރިމަތިވަމުން ދާތީ އާއި އަދި އެފަދަ ކަންކަމުގެ ޝަކުވާ ލިބެމުން ދިޔުމާއި ގުޅިގެން އެކަންކަން ހައްލުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

ހުޅުމާލޭ ދުވާރުމަތީން ނެގި ތަކެތީގައި ޖޯލިފަތިތަކާއި ގޮނޑިއާއި އެނޫން ވެސް ބައެއް ތަކެތި ހިމެނޭ ކަމަސް ފުލުހުން ބުންޏެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން 15 ޖޯލިފައްޗާއި 15 ގޮނޑި ވަނީ ނަގާފައި ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ދުވާރުމަތީން ތަކެތި ނެގުމުގެ މަސައްކަތް ފުލުހުންނާއި އެޗްޑީސީ ގުޅިގެން މީގެ ކުރިން ވެސް ކޮށްފައިވެ އެވެ. އަދި އެ ޕްރޮގްރާމަކީ ފުލުހުންނާއި އެޗްޑީސީ ގުޅިގެން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތެކެވެ.

comment ކޮމެންޓް