އެޑްވަޓޯރިއަލް: ރިޒްގެ ނަމޫނާ ދަތުރުގެ ފަހަތުގައި ވަނީ އޯގާތެރިކަމާއި ހިތްހެޔޮކަން

އައިޝަތު ރިޒްގިން: ރިޒް ވަނީ ރިޓްސް ބިއުޓީ ސްޓޫޑިއޯއަށް ފަހު މެޖެސްޓިކް ސެލޫންގެ ނަމުގައި ވެސް ސެލޫނެއް ވެސް ހުޅުވައިފައި --

އަޒުމެއް ކަނޑައަޅާ މަސައްކަތް ކުރުމަކީ ހަޔާތުގައި ކާމީޔާބީއަށް ވާސިލްވާނެ މަގު ކަމަށް އައިޝަތު ރިޒްގިން އަބަދު ވެސް ގަބޫލު ކުރެއެވެ. އޭނާ އަކީ އަބަދު ވެސް ކޮސްމެޓިކްސްއާއި މޭކަޕަށް ޝައުގުވެރިކަން ހުރި މީހެކެވެ. މިއަދު ހުރި ހިސާބަށް ވާސިލް ވުމުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ އޮފީސް އެސިސްޓެންޓެއްގެ ގޮތުގައެވެ.

ރީތި ވުމާއި މޭކަޕްގެ ކަންކަމަށް ރިޒްގެ ހިތުގައި މާބޮޑު ޝައުގުވެރިކަމެއް އުފެދުނީ، ރަހުމަތްތެރިންނާއެކު މޭކަޕް ކޮށްދީ އުޅުމުގެ ތެރެއިންނެވެ. މި ޝައުގުވެރިކަން އުފެދުމާއެކު އޭނާ ކުރި މަސައްކަތުން މީގެ ހަތަރު އަހަރު ކުރިން ރިޓްސް ބިއުޓީ ސްޓޫޑިއޯގެ ނަމުގައި މާލޭގައި ސެލޫނެއް ހުޅުވިއެވެ.

މި ސެލޫންގައި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ކޮންމެ ދުވަހަކު އޭނާ ކުރަނީ ބުރަ މަސައްކަތްތަކެކެވެ. އެ މަސައްކަތުގެ ނަތީޖާއަކީ ހަތަރު އަހަރު ފަހުން މެޖެސްޓިކް ސެލޫންގެ ނަމުގައި ދެވަނަ ސެލޫނެއް ވެސް ހުޅުވުމެވެ. މި ސެލޫނުގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކޮސްމެޓޮލޮޖީ ދާއިރާގެ އެންމެ ފަހުގެ ކްލިނިކަލް މެޝިންތައް ބޭނުން ކުރާނެއެވެ. މި ސެލޫނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި:

  • މައިކްރޯ ނީޑްލިން ޓްރީޓްމަންޓް
  • ހެއާ ރިމޫވަލް ލޭޒާ ޓްރީޓްމަންޓް
  • ފެޓް ރިޑަކްޝަން
  • ޑެލުކްސް ހައިޑްރޭޝަން ފޭޝިއަލް
  • ސްކަލްޕް ޑެންޑްރަފް ޓްރީޓްމަންޓް

އައިޝަތު ރިޒްގިން،، ފިރިމީހާއާއެކު: ސެލޫންގެ މަސައްކަތަކީ ރިޒް ވަރަށް މާތް މަގުސަދެއްގައި ފެށި މަަސައްކަތެއް --

މި ހުރިހާ ޚިދުމަތްތަކެއް ވެސް ފޯރުކޮށްދެނީ ސެޓިފައިޑް އެސްތެޓިޝަނުންނެވެ. މީގެ އިތުރުން މި ސެލޫނުންދޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި:

  • ހަމުގެ ފަރުވާތައް
  • ބޯކޮށުމާއި ސްޓައިލް ކުރުން
  • ފައި އަދި އަތުގެ ނިޔަފަތިތައް ރީތިކޮށް ކުލަޖެއްސުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.

ސެލޫންގެ މަސައްކަތަކީ ރިޒް ވަރަށް މާތް މަގުސަދެއްގައި ފެށި މަަސައްކަތެކެވެ. އެގޮތުން އެއީ އޭނާ ނިސްބަތްވާ ނޭޕާލުގެ ޔަތީމު ކުދިންނަށް އެހީވާ އެންޖީއޯއަކަށް އެހީވުމަށް ފެށި މަސައްކަތެކެވެ. ރިޓްޒް ބިއުޓީ ސްޓޫޑިއޯ ހިންގުމުގައި ގިނަ ގޮންޖެހުންތަކާ ދިމާވި ނަމަވެސް އެ ޚިދުމަތަށް މިހާރު ހަތަރު އަހަރު ފުރި އާ ސެލޫން ހުޅުވުމާ ވެސްއެކު، ރިޒްއަށް ލިބޭ އެންމެ ބޮޑު އުފަލަކީ 'ދަ އޯފަންސް ހޯމްސް' ޖަމިއްޔާއަށް އެހީ އިތުރު ފޯރުކޮށްދެމުން ގެންދެވޭނެތީއެވެ.

އައިޝަތު ރިޒްގިން: ރިޒް ވަނީ ރިޓްސް ބިއުޓީ ސްޓޫޑިއޯއަށް ފަހު މެޖެސްޓިކް ސެލޫންގެ ނަމުގައި ވެސް ސެލޫނެއް ވެސް ހުޅުވައިފައި --

ރިޒް އޭނާގެ ހަޔާތުގައި ގަބޫލުކުރާ ކަމެއް އޮވެއެވެ. އެއީ، އެމީހެއްގެ އަމަލުތަކާއި މަސައްކަތުގެ ނަތީޖާ ކަނޑައަޅައިދޭ އެއްޗަކީ އެމީހެއްގެ މަގުސަދު ކަމެވެ.

އެހެންވެ، ވީހާވެސް ގިނަ މީހުން ރިޓްޒް ބިއުޓީ ސުޓޫޑިއޯ އަދި މެޖެސްޓިކް ސެލޫންގެ ޚިދުމަތްތައް ތަޖުރިބާ ކުރުމަށް ޒިޔާރަތްކުރަން ރިޒް އެދެއެވެ.

މެޖެސްޓިކް ސެލޫން ހުޅުވުމުގެ އުފަލުގައި ރިޒް ވަނީ މި މަހުގެ ނިޔަލަށް ކުޑަކުދިންނަށް ހިލޭ ބޯކޮށައިދިނުމުގެ ޚާއްސަ އޮފާއެއް ހުޅުވައިލައިފައެވެ.

comment ކޮމެންޓް