އެޑްވަޓޯރިއަލް: ރޯދަމަހު ލޮލަށް ފަސޭހަ ގޮތް ޚިޔާރުކުރުން: ސްކްރީންތަކުގެ ބްލޫ ލައިޓްއިން ރައްކާތެރިވުން

ސްކްރީންތަކުގެ ބްލޫލައިޓްއިން ރައްކާތެރިކޮށްދޭނެ އައިނު، އައިކެއާ އޮޕްޓިކަލްސްއިން ލިބޭނެ -- ފޮޓޯ/ އައިކެއާ އޮޕްޓިކަލްސް

ބަރަކާތްތެރި ރޯދަމަހު ގާތްތިމާގެ މީހުންނާ ގުޅުން ބަދަހި ކުރުމަށާއި އޮންލައިންކޮށް ދީނީ މައުލޫމާތު ހޯދުމަށް ޑިޖިޓަލް ޑިވައިސް ބޭނުންކުރާ މިންވަރު އިތުރުވެއެވެ. ނަމަވެސް، އޭގެ ސަބަބުން ލޮލަށް ބާރު ބޮޑުވެ، ނިންޖަށް ހުރަސް އެޅުމުގެ ފުރުސަތު އޮވެއެވެ. އެ ގޮންޖެހުންތަކުން ސަލާމަތްވުމަށް ޓަކައި އައިކެއާއިން ފޯރުކޯށްދޭ ޚިދުމަތެއް އެބައޮތެވެ. އެއީ ލޮލަށް ކުރާ ބާރު ކުޑަކޮށް، ހަމަ ނިދި ލިބުމަށް މަގުފަހިކުރުމަށް މަގުފަހިކޮށްދޭނެ، ބްލޫ ލައިޓް ޕްރޮޓެކްޝަން ޚިދުމަތެވެ.

ބްލޫ ލައިޓްއިން ކުރާ އަސަރު ދެނެގަތުން

ޑިޖިޓަލް ސްކްރީންތަކުން އަންނަ ބްލޫ ލައިޓްއަކީ މީހާގެ ނިދުމާއި ހޭލުން އެއް ގޮތެއްގައި ދެމެހެއްޓުމަށް ހަށިގަނޑުން ގުދުރަތީ ގޮތުން ކުރާ މަސައްކަތަށް ހުރަސްއެޅި، ލޮލަށް ބާރު ބޮޑު ކުރާ އެއްޗެކެވެ. ބްލޫ ލައިޓްއަށް މާގިނައިން ބަލާނަމަ ޑްރައި އައި ނުވަތަ ލޯ ހިކުމާއި ލޯ ވާޅުވުމާއި ފުސްވުމުގެ މައްސަލަ ދިމާވެދާނެއެވެ.

ބްލޫ ލައިޓްއިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން

ޑިޖިޓަލް ސްކްރީންތަކަށް ބެލުމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކެއް އައިކެއާއިން ފަހިކޮށްދެއެވެ. އެގޮތުން ބްލޫ ލައިޓް ފިލްޓާކޮށްދޭ ލެންސްތައް ބޭނުންކުރުމުން، ގިނައިރު ސްކްރީން ބަލަން ޖެހުނަސް ލޮލަށް ބާރު ބޮޑުނުވެ، ވާޅުވުމުން ދުރުކޮށްދޭނެއެވެ.

ސްކްރީންތަކުގެ ބްލޫލައިޓްއިން ރައްކާތެރިކޮށްދޭނެ އައިނު، އައިކެއާ އޮޕްޓިކަލްސްއިން ލިބޭނެ -- ފޮޓޯ/ އައިކެއާ އޮޕްޓިކަލްސް

ލޮލުގެ ރައްކަލަށްޓަކައި، އައިކެއާގެ އޮޕްޓޮމެޓްރިސްޓް ސުބްހަމް ބަނެރުޖީ ލަފާ ދެއްވަނީ 20-20-20 އުސޫލަށް އަމަލުކުރުމަށެވެ. އެއީ ކޮންމެ 20 މިނިޓަކު، 20 ސިކުންތު ވަންދެން، 20 ފޫޓު ދުރުގައި ހުންނަ އެއްޗަކަށް ބެލުމަށެވެ. އޭގެ ސަބަބުން، ސްކްރީނާ ހެދި ލޮލަށް ބާރު ބޮޑުވާ މިންވަރު ކުޑަވެ، އެމީހަކު ހުންނަ މާހައުލުގައި އަލިކަމުން އުނދަގޫ ނުވާނެކަން ކަށަވަރުކޮށްދެއެވެ.

ފުރިހަމަ ނިދި ލިބޭނެ ގޮތް މަގުފަހިކުރުން

ލޯ ވާޅުވުމުން ރައްކާތެރިކުރުމުގެ އިތުރުން ބްލޫ ލައިޓް ޕްރޮޓެކްޝަންއަކީ ހަށިގަނޑުގެ ސާކޭޑިއަން ރިދަމް ނުވަތަ ނިދައި ހޭލަންވީ ވަގުތު ކަނޑައަޅާ ތަބީއަތު ހަމައަކަށް އަޅުވައިދޭނެ ކަމެކެވެ. ރޯދައަށް ހުންނައިރު މީހާގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ޓަކައި ހަމަ ނިދި ލިބުމަކީ ކޮންމެހެން ބޭނުން ކަމަކަށްވާއިރު، ބްލޫ ލައިޓްއިން ރައްކާތެރިވުމަކީ ރޯދަމަހު ވަކިން ޚާއްޞަކޮށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

ރޯދަމަހު ޑިޖިޓަލް މުއާމަލާތްތައް އަދާކުރާ ދައުރު އިތުރުވަމުން އަންނައިރު، ލޮލުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ބްލޫލައިޓް އިން ރައްކާތެރިވުމަށް އައިކެއާއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ، ސްކްރީނަށް ގިނަ ވަގުތު ބަލަން ޖެހުމުން ލޮލަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްކޮށްދޭނެ ޚިދުމަތްތަކެކެވެ. އެއާއެކު، ރޯދަމަސް ވެސް ލޮލަށް އަރާމު ލިބޭ ގޮތަށް ތަޖުރިބާ ކުރަން ލިބި، ތިމާގެ ފެނުމަށް އަސަރު ނުކުރާނެ ގޮތަކަށް ޑިޖިޓަލް މުއާމަލާތްތައް ކުރެވޭނެއެވެ.

comment ކޮމެންޓް