އެޑްވަޓޯރިއަލް: ހިތްފަސޭހަ މަންޒިލެއްގައި ތިބެގެން ކާލަން 'ސޯސްޑްއަޕް ރެސްޓޯރެންޓު' ވަރެއްނެތް

ސޯސްޑް އަޕް ރެސްޓޯރެންޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--

ހިތްފަސޭހަ ވިއު އަކާއި އެކު މާލޭގައި 'ސޯސްޑް އަޕް ރެސްޓޯރެންޓު ބައި ލޫސީޒް' ހުޅުވައިފިއެވެ.

އަލަށް ހުޅިވި މި ރެސްޓޯރެންޓު ހުންނަނީ ހިތިގަސްމަގުގައި ޗިކިން ރެސްޓޯރެންޓުގެ ކުރިމަތީގައެވެ.

މި ރެސްޓޯރެންޓުގައި ކާންތިބޭއިރު ހިތްފަސޭހަ ވިއު އެއް ކުރިމަތިން ފެންނަން އޮތުމުގެ އިތުރުން މި ރެސްޓޯރެންޓުގެ އެތެރެ ވެސް އެހާމެ ހިތްގައިމެވެ. އެހާ ހަމަ ހިމޭނެވެ.

ޕްރައިވެޓް ފަންކްޝަންތަކާއި މުހިންމު އިވެންޓުތައް ބާއްވަން މިއީ ހަމަ އެންމެ ކަމުދާނެ މަންޒިލެވެ.

ސޮސްޑް އަޕް ރެސްޓޯރެންޓު---

'ކޮފީ ޕްލޭސް'އެއްގެ ގޮތުގައި މިތަން މަޝްހޫރުވެފައިވީ ނަމަވެސް މިތަނުގައި ތައްޔާރުކުރާ އެކި ކަހަލަ ތަފާތު ވައްތަރުގެ ޕާސްތާތަކަކީ ވެސް ގިނަ ބަޔަކު ތައުރީފުކުރާ ރަހަތަކެއްގެ މައްޗަށް އެކުލެވިގެންވާ ޑިޝްތަކެކެވެ.

މީގެ އިތުރުން ސޯސްޑް އަޕް ރެސްޓޯރެންޓުން ބުނީ އެތަނުގެ ކެއުންތައް ތައްޔާރު ކުރާ ހުރިހާ ކައްކާއިންނަކީ ވެސް ދިވެހިން ކަމަށެވެ.

ސޯސްޑް އަޕް ރެސްޓޯރެންޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---

މި މަހުގެ ނުވަ ވަނަ ދުވަހު ހުޅުވި މި ސޯސްޑް އަޕް ރެސްޓޯރެންޓަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ، މީރު ރަހަތަކެއްގެ މައްޗަށް އެކުލެވިގެންވާ ކެއުންތަކެއް ހިމެނޭ ހިތްފަސޭހަ ރެސްޓޯރެންޓެކެވެ.

comment ކޮމެންޓް