ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްުޔަތުތަކުން މިއަދު އެކަހެރިކޮށްފިއެވެ.
ސަމާހަށް މީގެ ކުރިން ވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށް، ސިޓީއެއް ވެސް ފޮނުވައިފައެވެ.
ޕީސީބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަމާހާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްުޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.
ޕީސީބީން މިފްކޯގެ ސީއީއޯ ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް މީގެ ކުރިން ވަނީ މީސްމީޑިއާގައި ލީކް ވެސް ކޮށްލައިފައެވެ. އެ ސިޓީގައި ޕީސީބީން ވަނީ މައިގަނޑު 12 ތުހުމަތެއް އަމާޒުކޮށްފައެވެ.
އެގޮތުން، އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.
އެކަމަކު، މީސްމީޑިއާގައި ދައުރުވި ސިޓީއާ ގުޅިގެން ޕީސީބީން ރަސްމީ ގޮތުން އެއްޗެއް ނުބުނެއެވެ.