މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ކަމުގައި ރައީސް ކަނޑައަޅުއްވައިފި

މާޅޮސްމަޑުލު ދެކުނުބުރީ މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ކަމުގައި ރައީސް ކަނޑައަޅުއްވައިފި---ފޮޓޯ/ރައީސް އޮފީސް

މާޅޮސްމަޑުލު ދެކުނުބުރީ މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ކަމުގައި ރައީސް ކަނޑައަޅުއްވައިފިއެވެ.

ރައީސް އެ ގަރާރުގައި ސޮއި ކުރައްވާފައިވަނީ ރޭ ދަންވަރު އޭދަފުށީ ކައުންސިލާ އެއްކޮށް ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހް ވިދާޅުވީ އޭދަފުށީގެ ބައެއްކަމުގަ މާއްޑޫވުމަކީ އިގްދިސާދީ ގޮތުންނާއި އެހެނިހެން ގޮތްތަކުން ވަރަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމެއް ކަމަށެވެ.

"ހުރިހާ ގޮތަކުން ވެސް އަޅުގަނޑުމެންނަށް ފައިދާ ވާނެ. މިސާލަކަށް ގެސްޓްހައުސް ވިޔަފާރި އަދި ދަނޑުވެރިކަމުގެ މަސައްކަތް މާއްޑޫގައި ކުރެވިގެން ދިޔުމަކީ އޭގެ ސަބަބުން އިގްތިސާދީ ގޮތުން ވަރަށް ފައިދާ ވާނެ ކަމެއް،" ފާތިހް ވިދާޅުވިއެވެ.

މީގެ އިތުރުން ފާތިހް ވިދާޅުވީ އެ ރަށުގައި މަސައްކަތްތައް ކުރުމަށް މުޅި ރާއްޖެއަށް ފުރުސަތު ހުޅުވާލާނެކަމަށާއި އޭގެ ސަބަބުން އޭދަފުށްޓަށް އެތައް ގޮތަކުން އާމްދަނީ ލިބިގެންދާނެ ކަމަށެވެ. އަދި މި ކަން ކުރިއަށް ދާނީ ރަށުގެ ހުރިހާ ރައްޔިތުންގެ މަޝްވަރާއާއި ސަރުކާރުގެ މަޝްވަރާއާ އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މާއްޑޫއަކީ އޭދަފުށްޓާއި ވަރަށް ކައިރީގައި އޮންނަ ރަށެކެވެ. 54 ހެކްޓަރުގެ އޭދަފޫށްޓާއި އެއްވަރަށް މާންޑޫއަކީ ވެސް ބޮޑު ރަށެކެވެ.

comment ކޮމެންޓް