މިދިޔަ މަހު ޖަޕާނަށް 2.6 މިލިއަން ފަތުރުވެރިން

ޖެނުއަރީ މަހު ޖަޕާނަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު ވަނީ ދެ މިލިއަން ފަހަނައަޅައި ގޮސްފައި -- ފޮޓޯ/ސީއެންއެން

ޖެނުއަރީ މަހު ޖަޕާނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2.69 މިލިއަނަށް އަރައިފިއެވެ.

މިއީ ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޖަޕާނަށް ޒިޔާރަތްކުރާތާ ވިދިވިދިގެން އަށްވަނަ މަހެވެ.

ޖަޕާން ނޭޝަނަލް ޓޫރިޒަމް އޮގަނައިޒޭޝަން (ޖޭއެންޓީއޯ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވިޔަފާރީގެ ބޭނުމުގައާއި ޗުއްޓީ ހޭދަކުރުމަށް ބޭރުގެ ގައުމުތަކުން ޒިޔާރަތްކުރި މީހުންގެ އަދަދު މިދިޔަ މަހު 2.69 މިލިއަން އަރާފައިވާއިރު، ޑިސެމްބަރު މަހު އެ އަދަދު ހުރީ 2.73 މިލިއަންގައެވެ.

ކޮވިޑް-19 ގެ ސަބަބުން ޖަޕާނުގެ ފަތުރުވެރިކަމުގެ ދާއިރާ ދެ އަހަރަށްވުރެ ގިނަ ދުވަހަށް ހުއްޓައިލަން ޖެހުނެވެ.

ނަމަވެސް މިދިޔަ އަހަރު މި ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބުނީ ޖަޕާނު ފައިސާ ކަމަށްވާ ޔެންގެ އަގު ދަށްވުމުން ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަންދާ މަންޒިލަކަށް ޖަޕާނު ވުމުންނެވެ. އެގޮތުން މިދިޔަ އަހަރު ޖަޕާނަށް ޒިޔާރަތްކުރި ފަތުރުވެރިން ވަނީ 33.32 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދަކަށް ހަރަދުކޮށްފައެވެ. އެއީ. ސަރުކާރުގެ އަމާޒަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ޖެނުއަރީ މަހު އައި ބިންހެލުމުގެ ސަބަބުން އެ ގައުމަށް ދިޔަ ފަތުރުވެރިންގެ އަދަދަށް ކޮންމެ ވެސް ވަރެއްގެ އަސަރެއްކުރި ނަމަވެސް، 2019 ވަނަ އަހަރު ޖަޕާނަށްދިޔަ ފަތުރުވެރިންގެ އަދަދާއި ގާތްކުރާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެ ޖަޕާނަށް ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 39.9 މިލިއަން މީހުން ޒިޔާރަށްކޮށްފައެވެ. އެ ގައުމަށް އެންމެ ގިނައިން ދަތުރުކޮށްފައި ވަނީ ދެކުނު ކޮރެޔާ، ތައިވާން އަދި އޮސްޓްރޭލިއާގެ ފަތުރުވެރިންނެވެ.

comment ކޮމެންޓް