ރާއްޖޭގެ އެންމެ ވަރުގަދަ 100 ކުންފުނީގެ ތެރޭގައި މިފަހަރުވެސް އަލް ޝާލީ މެރިން މޯލްޑިވްސް ހިމެނިއްޖެ

ގޯލްޑް 100 އެވޯޑް،އަލް ޝާލީ މެރިންމޯލްޑިވްސް އާ ހަވާލުކުރުމުގެ ތެރެއިން---

ކޯޕަރޭޓް މޯލްޑިވްސްއިން ހޮވާ ރާއްޖޭގެ އެންމެ ވަރުގަދަ 100 ކުންފުނީގެ ލިސްޓްގައި މިފަހަރުވެސް އަލް ޝާލީ މެރިން މޯލްޑިވްސް ހިމެނިއްޖެއެވެ.

"ގޯލްޑް 100" ލިސްޓްގައި އަލް ޝާލީ ހިމެނުނުއިރު މިއީ މި އެވޯޑް ދޭން ފެށިފަހުން ރާއްޖޭގެ އެންމެ ވަރުގަދަ 100 ކުންފުނީގެ ތެރޭގައި އެ ކުންފުނި ހިމެނުނު 15 ވަނަ ފަހަރެވެ.

އަންގާރަ ދުވަހުގެ ރޭ ކްރޮސްރޯޑްގައި އޮތް "ގޯލްޑް 100" ގާލާ އެވޯޑް ނައިޓުގައި އަލް ޝާލީއަށް އެވޯޑް ހަވާލުކޮށްދެއްވީ، ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ތަކެއުޗި މިދޮރިއެވެ. އަލް ޝާލީގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ،

އަލް ޝާލީ އަންނަނީ ރާއްޖޭގެ މާކެޓަށް ބޭނުންވާ އެކި ސައިޒުތަކުގެ ލޯންޗް ފަހަރާއި ޑައިވިން ދޯނި ފަހަރާއި އެނޫންވެސް ބޭނުންތަކަށް އުޅަނދުތައް ބަނދެދެމުންނެވެ. މިގޮތުން އަލް ޝާލީން މިހާރުވެސް އަންނަނީ ބޮޑެތި ބިޔަ ޕްރޮޖެކްތްތަކަށް އުޅަނދުތައް ބަންނަމުންނެވެ.

މިގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ދަތުރުފަތުރުގެ ނިޒާމަށް އަލް ޝާލީން ބަންނަމުން އަންނަ 65 ފެރީއަކީ މިވަގުތު ރާއްޖޭގައި ކުރިއަށްދާ ބޯޓު ބަނުމުގެ އެންމެ ބިޔަ އެއް ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްގެ ޖުމްލަ އަގު 537 މިލިއަން ރުފިޔާއަށް އަރައެވެ.

އަލް ޝާލީ މެރިން މޯލްޑިވްސްއަކީ 2006 ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ.

ބޯޓް ބިލްޑިންގައި އަލް ޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގައި މިވަގުތު އެންމެ ނަންހިނގާ އަދި މި ދާއިރާގައި އެންމެ ބޮޑު އިތުބާރެއް ހޯދާފައިވާ އެއް ކުންފުންޏެވެ. އެކުންފުނިން ވަނީ ބޯޓިންގެ ދާއިރާގައި ރާއްޖޭގައި ދެވޭ މުހިއްމު ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމަންޓްސް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަލް ޝާލީ ގުޅިގެން އުފައްދާފައިވާ އަލް ޝާލީ މެރިން މޯލްޑިވްސް ވުޖޫދަށް އައިސްފައިވަނީ 2006 ވަނަ އަހަރެވެ.

އޭގެ ކުރިން 1979 ވަނަ އަހަރު އުފެއްދި ޔޫއޭއީގެ އަލް ޝާލީ އަކީ ބޯޓު ބަނުމުގައި މެދުއިރުމަތީގެ އެންމެ ނަގާކިޔާ ކުންފުނިތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

comment ކޮމެންޓް