ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީއަށް ފަސްކުރަނީ

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔަ އިންތިހާބެއްގެ ތެރެއިން --

ފެށޭ މަހު 18 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ލޯކަލް ކައުންސިލް އިންތިހާބު ފެށޭ އަހަރު ޖެނުއަރީއަށް ލަސްކުރުމަށް ވަގުތީ ގާނޫނެއް، ނުވަތަ ސަންސެޓް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތާވަލު ކުރީ އެޕްރީލް ހަވަނަ ދުވަހު އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 ބައްޔާ ގުޅިގެން އެ ތާރީހު އެޕްރީލް 18 އަށް ފަސްކުރި އެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ހާލަތު އިތުރަށް ގޯސްވެ، އިތުރަށް އިންތިހާބު ފަސްކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ދަނީ އެމަސައްކަތް ކުރަމުންނެވެ.

އެނގިފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީއަށް ފަސް ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން މިހާރު ދަނީ ބިލެއް ޑްރާފްޓް ކުރަމުންނެވެ. އެ ބިލުގެ ބޭނުމަކީ އިންތިހާބު ފަސް ކުރުމުން ކައުންސިލުތަކަށް އަންނާނެ ގާނޫނީ ހުސްކަން ފޫބެއްދުން ކަންވެސް އެނގިފައިވެ އެވެ. އަދި ބަންޑާރަނައިބުގެ އޮފީހުން އެކަން ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުން އަންގައިގެންކަންވެސް އެނގިފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީއަށް ފަސްކުރާކަން އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ބިލުގައި ހިމަނަނީ އަންނަ އަހަރުގެ ޖެނުއަރީހަށް އިންތިހާބު ފަސްކުރުމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ލަސްކޮށްފި ނަމަ، ކައުންސިލަރުން މަގާމުގައި ތިބެން ޖެހޭ މުއްދަތު ހަމަވެ، ކައުންސިލުތައް ގާނޫނީ ހުސް ކަމަކަށް ދާނެ އެވެ. ނަމަވެސް ބެލެވޭ ގޮތުން ވަގުތީ ގޮތުން އެކުލަވާލާ ގާނޫނުން އެކަމަށް ހައްލު ހޯދާނެ އެވެ.

comment ކޮމެންޓް