ފުވައްމުލަކު މޭޔަރު ކަމުގެ ޕީޕީއެމް ޕްރައިމަރީ ބާތިލްކޮށްދޭން ފަޒާދު އެދިއްޖެ

އޮކްޓޯބަރ 21، 2016: ފުވައްމުލަކުގެ މޭޔަރުކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ މެމްބަރު ފަޒާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުވައްމުލަކު މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީ ބާތިލްކުރުމަށް އެމަގާމަށް ވާދަކުރެއްވި ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވައިފިއެެވެ.

އިއްޔެ ބޭއްވި ޕީޕީއެމް ޕްރައިމަރީ ކާމިޔާބުކުރެއްވީ ތޯރިގް އަހުމަދެެވެ. އެ ޕްރައިމަރީގައި އަލީ ފަޒާދަށް 634 ވޯޓު ލިބުނުއިރު ތޯރިގު އަހުމަދަށް ލިބިލެއްވީ 892 ވޯޓެވެ.

ފަޒާދު ރޭ "ސަން" އަށް ވިދާޅުވީ ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިރޭ ވިދާޅުވީ އިންތިހާބުގެ ބައެއް ކަންތައްތައް ހިނގައިދިޔައީ މުޅިން ގޯހުންކަން އެނގުނީ ފަހުން ކަމަށެެވެ.

ޕީޕީއެމްގެ އިންތިހާބީކޮމެޓީން ވަކި މީހަކު މޭޔަރުކަމަށް ހޮވުމަށް މަސައްކަތްކުރިކަމަށްވެސް ފަޒާދު ވަނީ ތުހުމަތުުކުރައްވައިފައެވެ.

ފަޒާދު ޕީޕީއެމްއިން ވަކި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަޝިޕާ މެދު ހިނގި ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިންނެވެ. އަދި އެއަށްފަހު އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކޮށްދެއްވާފައެވެ. ނަމަވެސް ކައުންސިލް އިންތިހާބާ ދިމާކޮށް މިދިޔަ މަހު ފަޒާދު ވަނީ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެެވެ.

ވޯޓުގެ ނަތީޖާ ގަބޫލުނުކުރާން ފަޒާދު ދެއްކެވި ބައެއް ސަބަބުތައް

  • ދަޑިމަގު އަވަށުން ބަޔަކާއި ދިގުވާނޑު އަވަށުން ބައެއް ހިމެނޭ ދާއިރާގެ މީހުން ވޯޓުލުމަށް ދަޑިމަގު އަވަށު ޖަގަހާއިގައި ބެހެއްޓި ފޮއްޓަށް ވޯޓުލާފައިވާ 37 މީހުން، ހޯދަޑު އަވަށާއި ދަޑިމަގު އަވަށު ބައެއް ހިމެނޭ ދާއިރާގެ މީހުން ވޯޓުލުމަށް އުލާ ޕްރީސްކޫލްގެ ބެހެއްޓުނު ވޯޓުފޮއްޓަށް ރިޕީޓްކޮށްލުން.
  • ދޫޑިގަމްއަވަށުގައިވާ ލިސްޓަށްވުރެ 10 ކަރުދާސްކޮޅު ދޫކޮށް ވޯޓުލާން ފެށުމަށް ފަހު 18:30 ކަން ހާއިރު ހުރިހާ ކަރުދާސް ހުސްވެގެން އިތުރަށް ކަރުދާސް ގެނެސްގެން ވޯޓުލުން.
  • މާލޭގައި 30 މިނެޓް 30 މިނެޓުން މެދުކެނޑުމަށްފަހު ވޯޓާސް ލިސްޓަށް ބަދަލު ގެނެސްފައިވުން
comment ކޮމެންޓް