ދަ ގާލް އޮން ދަ ޓްރެއިން ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި

ދެހާސް ސޯޅަ ވަނަ އަހަރު ނުކުތް ހޮލީވުޑް ފިލްމު 'ދަ ގާލް އޮން ދަ ޓްރެއިން'ގެ ހިންދީ ރީމޭކް ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.

ބަތަލާ ޕަރިނީތީ ޗޯޕްރާ ފިލްމުގެ ލީޑުން ފެނިގެންދާއިރު އެ ފިލްމު ރިލީޒްކުރުމަށް ނިންމީ އަންނަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ ރިލަޔަންސް އެންޓަޓައިންމަންޓުންނެވެ.

އެ ފިލްމަކީ 2015 ވަނަ އަހަރު ޕައުލާ ހޯކިންސް ހަމަ އެ ނަމުގައި ނެރުނު ވާހަކަ ފޮތެއްގެ އަސްލަކަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
ސައިކޮލޮޖީ ތްރިލާ އެ ފިލްމު ޝޫޓްކޮށްފައި ވަނީ ލަންޑަނުގަ އެވެ.

ބޮކްސް އޮފީހުގައި 173.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެ ފިލްމަކީ ރަލަށް ދެވި ހިފާފައިވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

comment ކޮމެންޓް