މާލޭ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ އިމާރާތްތައް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލޭ ގެއެއްގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާފައްނުގައި ހުންނެ ގެއެއްގެ ތެރޭގައި އޮތް އުމުުރުން ދުވަސްވީ މީހެއްގެ ހަބަރެއް ނުވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 10:19ގައި އެމްއެންޑީއެފްއިން ފުލުހުންނަށް ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގެއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އެ މީހާ މަރުވެފައިވާކަން އޭޑީކޭގެ ޕެރަމެޑިކުންނަށް ކަށަވަރު ކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ސިޑި ހުރި ގޮތުން މީހާގެ ހަށިގަނޑު ބޭލުމަށް ދަތިވާތީ އެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް