ފިލްމް އެވޯޑްގެ ރެޑް ކާޕެޓުން ލޯބި ޖޯޑުތައް!

ނޮވެމްބަރު 15، 2019 - ރާއްޖޭގެ 9 ވަނަ ފިލްމު އެވޯޑު ހަފުލާގެ ތެރެއިން: ދިވެހި ފިލްމު އެވޯޑު ހަފްލާއަށްފަހު ފަންނާނުން ރެޑްކާޕެޓްގައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިވެހި ފިލްމް އެވޯޑްސްގެެ އެވޯޑްތަކުގެ ވާހަކަ ދައްކާ ނިމިއްޖެ އެވެ. ނޮމިނޭޓްވެ ކާމިޔާބު ލިބުނު ހުރިހާ ފަރާތްތަކާށް އަދިވެސް އެއްފަހަރު މަރުހަބާ އެވެ.

ދެން އޮތީ ރެޑް ކާޕެޓްގެ ވާހަކަ އެވެ. ތަރިންގެ ރީތިކަމުގެ ވާހަކަ އެވެ. ޑިޒައިނަރުންގެ މަސައްކަތާއި، މޭކަޕް އާޓިސްޓުންގް ހުނަރުގެ ވާހަކަ އެވެ. މިއީ ހުކުރު ދުވަހުގެ ރޭ ބޭއްވި ދިވެހި ފިލްމު އެވޯޑުން ފާހަގަކޮށްލެވުނު ބައެއް ހެދުންތަކެވެ.

ރިޝްމީ އާއި ރަވީ

ނޮވެމްބަރު 15، 2019 - ރާއްޖޭގެ 9 ވަނަ ފިލްމު އެވޯޑު ހަފުލާގެ ތެރެއިން: ދިވެހި ފިލްމު އެވޯޑު ހަފްލާއަށްފަހު ފަންނާނުން ރެޑްކާޕެޓްގައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނުވަވަނަ ފިލްމު އެވޯޑްގައި އެންމެ ގިނަ ލޯތައް އަމާޒުވި އެއް ފަންނާނަކީ ހަމަގައިމުވެސް އެންމެ މޮޅު ބަތަލާކަން ކާމިޔާބުކުރި ރިޝްމީ އެވެ. ކަޅާއި އޮރެންޖު ކުލައިގެ ހެދުމެއް އޭނާ ލައިގެން ހުރިއިރު މިއީ ޖުމާހުގެ ޑިޒައިނެކެވެ. ރިޝްމީއާއި އެކު އޭނާގެ ފިރިމީހާ ރަވީ ފެނިގެންދިޔައީ ކަޅު ކުލައިގެ ޓަކްސީޑޯއެއްގައެވެ.

އަޝްފާ އާއި ތޭރަ

ނޮވެމްބަރު 15، 2019 - ރާއްޖޭގެ 9 ވަނަ ފިލްމު އެވޯޑު ހަފުލާގެ ތެރެއިން: ދިވެހި ފިލްމު އެވޯޑު ހަފްލާއަށްފަހު ފަންނާނުން ރެޑްކާޕެޓްގައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަޝްފާއަކީ އަބަދުވެސް ރެޑް ކާޕެޓްގައި އެންމެ ތަފާތުކޮށް ހެދުންއަޅާ އެއް ފަންނާނެވެ. އޭނާގެ ހެދުންތައް އަބަދުވެސް ފަރުމާކުރަނީ ފެހުންތެރިޔާ އަދި ޑިޒައިނާ ސޭންޑީއެވެ. މިގޮތުން މިފަހަރުގެ ހެދުމަކީ ގަދަ ރީދޫ ކުލައަކުން ފަހާފައިވާ ހެދުމެވެ. ކަޅު ސޫޓެއްގައި ތޭރަ ހުރިއިރު، ބެލުންތެރިންގެ އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވި އެއްކަމަކީ އަޝްފާގެ މޭކަޕެވެ.

ޝީލާ އާއި މަނިކު

ނޮވެމްބަރު 15، 2019 - ރާއްޖޭގެ 9 ވަނަ ފިލްމު އެވޯޑު ހަފުލާގެ ތެރެއިން: ދިވެހި ފިލްމު އެވޯޑު ހަފްލާއަށްފަހު ފަންނާނުން ރެޑްކާޕެޓްގައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިވެހި ފިލްމު އިންޑަސްޓްރީގެ "ކަޕްލް ގޯލްސް" ގެ ގޮތުގައި އެންމެންވެސް ބަލައިގަންނަ އަދި އެހާމެ ލޯބި ޖޯޑެއްކަމުގައިވާ މަނިކުއާއި ޝީލާ ހުކުރުދުވެހުގެ ރޭ ފެނިގެންދިޔައީ ނޫ ކުލައާއި ގްރޭ ކުލައިގެ"މެޗިން" އައުޓްފިޓްއަކުންނެވެ. ގްރޭ ސޫޓެއްގައި މަނިކު ހުރި އިރު ޝީލާ ލައިގެން ހުރި ހެދުމަކީ ރޯގް ބައި ނަޖޫ އިން ފަރުމާކޮށްފައިވާ ހެދުމެކެވެ. ޝީލާގެ މޭކަޕް ކޮށްފައިވަނީ އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މަނިކުއެވެ.

ދޮންއައްޔައާއި ޖީނާ

ނޮވެމްބަރު 15، 2019 - ރާއްޖޭގެ 9 ވަނަ ފިލްމު އެވޯޑު ހަފުލާގެ ތެރެއިން: ދިވެހި ފިލްމު އެވޯޑު ހަފްލާއަށްފަހު ފަންނާނުން ރެޑްކާޕެޓްގައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފިލްމީ ދާއިރާގައި އެންމެ ކުރިއަރަމުން އަންނަ އެއް އެކްޓަރު، ދޮން އައްޔަ އަކީވެސް ފިލްމް އެވޯޑުގައި ކާމިޔާބު އެއް މޫނެވެ. ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑާއި، ސްޕެޝަލް ޖޫރީ އައުޓްސްޓޭންޑިން އެވޯޑްވެސް ދޮންއައްޔައަށް މިފަހަރު ލިބުނުއިރު، ގިނަ ފިލްމުތަކުންވެސް އޭނާއަށްދަނީ ފުރުސަތު ލިބެމުންނެވެ. އެވޯޑް ހަފްލާއަށް ދޮންއައްޔަ ކަޅު ކުލައިގެ ސޫޓެއްލާފައި ހުރިއިރު، ކަޅުކުލައިގެ ގަމީހުގެ ގިރުވާންހުރީ ސިލްވަރކުލައެއްގައެވެ. އޭނާގެ އަނބިމީހާ ޖީނާ ހުރީ، މަޑު ކްރީމް ސީކުއެންސް ހެދުމެއްގައި ވަރަށް ސިމްޕަލްކޮށް ރީތިކޮށެވެ.

އަޒޫއާއި ސައީދު

ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާގައި ފިލްމީ ތަރިންތަކެއް -- ފޮޓޯ/ ރައީސް އޮފީސް

އަލަތު ދަރިފުޅަށްފަހު ފިލްމީ މަސައްކަތްތަކާއި ތަންކޮޅެއް ދުރުން ފެނުނުނަމަވެސް ފިލްމު އެވޯޑް ހަފްލާގައި އަޒޫ ފެނުނީ ވަރަށް ރީތިކޮށެވެ. ރާޢްޖޭގައި އެންމެ ނަން މަޝްހޫރު އެއް ފެށަން ޑިޒައިނަރު ކަމުގައިވާ ރިފްއަތުގެ ހެދުމެއްގައި އަޒޫ ފެނިގެންދިޔައިރު އޭނާގެ ފިރިމީހާ ސައީދު ފެނިގެންދިޔައީ އެހެން ފިރިހެން ތަރީންނާއި ތަފާތުކޮށް ގުޅިޖެހި ސޫޓެއްގައެވެ. އަޒޫގެ މޭކަޕްވެސްކޮށްފައިވަނީ ރިފްއަތު ސެލޫން އިންނެވެ.

އައްޒައާއި މުއާ

ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާގައި ފިލްމީ ތަރިންތަކެއް -- ފޮޓޯ/ ރައީސް އޮފީސް

އައްޒައާއި މުއާއަކީ މިހާރު ފިލްމީ ދާއިރާގެ "ލަވް ބާޑްސް" އެވެ. އެކަކު އަނެކަކާއި އެކު ނަގާފައި ހުންނަ ލޯބި ފޮޓޯތަކާއި ކުރާ ޕޯސްޓްތަކުން ދެމީހުންގެ ދެމެދުގައި އޮތް ލޯބި މާ ބޮޑަށްވެސް އަހަރެމެންނަށް ކިޔާދެއެވެ. ފިލްމު އެވޯޑްގައި މިފަހަރު އައްޒަ އާއި މުއާ ފެނިގެންދިޔައީ ރަޒީގެ ހެދުމެއްގައެވެ.މިއީ ދެތަރީން އެއްކޮށް ފެނުނު ފުރަތަމަ އެވޯޑް ހަފްލާއަށްވީއިރު، ދެމީހުންވެސް ތިބީ އެކަކު އަނެކަކާއި ގުޅޭނެގެން ކަޅާއި އަޅި ކުލައިން ފަރުމާ ކުރެވިފައިވާ ހެދުމެއްގައެވެ. މިފަހަކަށް އައިސް އައްޒަގެ ހެދުންތައް ޑިޒައިންކޮށް މޭކަޕް ކޮށްދެނީ ސޭންޑީ ނަމަވެސް މިފަހަރުގެ އެވޯޑް ހަފްލާއަށް އައްޒަގެ މޭކަޕް ކޮށްދީފައިވަނީ މޭކަޕް ހަސަން އެވެ.

comment ކޮމެންޓް