ހުވަދު އަތޮޅު ތިން ރަށެއްގެ އިންޖީނުގޭ ބިންގާ އަޅައިފި

މާމެންދޫ އިންޖީނުގޭ ބިންގާ އެޅުން: ހުވަދު އަތޮޅުގެ ތިން ރަށެއްގެ އިންޖީނުގޭ ބިންގާ މިއަދު ވަނީ އަޅާފައި -- ފޮޓޯ/ ފެނަކަ

ހުވަދު އަތޮޅު ތިން ރަށެއްގެ އިންޖީނުގޭ ބިންގާ މިއަދު އަޅައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހިންގާ އެ ތިން މަޝްރޫއުގައި ބިންގާ އަޅާފައިވަނީ ގއ. ނިލަންދޫ، ގއ. މާމެންދޫ އަދި ގދ. ނަޑެއްލާގައެވެ.

މާމެންދޫގައި އިމާރާތް ކުރެވޭ އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި އެރަށް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޓިކް ޓެކް އިންވެސްޓްމަންޓާއެކު ރަސްމީކޮށް ސޮއިކުރި އެއް މަޝްރޫއުގެ އަގަކީ، 5.5 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނިއަރީ މަހަށެވެ.

ނަޑެއްލާގައި އިމާރާތް ކުރެވޭ އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި އެރަށް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މަޑަވެރި ދާއިރާ މެމްބަރު ހުސައިން ފިރުޝާނެވެ. މިދިޔަ އޮކްޓޯބަރު މަހު ޕޮލެން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު ރަސްމީކޮށް ސޮއިކުރި އެ މަޝްރޫއުގެ އަގަކީ، 5.5 މިލިއަން ރުފިޔާއެވެ. އެ މަޝްރުއު ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މާޗު މަހަށެވެ.

މީގެ އިތުރުން މިއަދު ގއ. ނިލަންދޫގައިވެސް 6.1 މިލިއަން ރުފިޔާއަށް އިންޖީނުގެއެއް އެޅުމަށް ބިންގާ އަޅާފައިވެސް ވެއެވެ.

https://sun.mv/126959

ހުވަދު އަތޮޅު ތިން ރަށެއްގެ އިންޖީނުގޭ ބިންގާ މިއަދު އެޅި އިރު، މިދިޔަ ހަފްތާގައި އެ އަތޮޅު ވިލިނގިލީ އިންޖީނުގޭ ބިންގާވެސް ވަނީ އަޅާފައެވެ.

ރަށްރަށުގައި އިންޖީނުގެ އެޅުމުގެ ގިނަ ޕްރޮޖެކްޓުތަކެއް ވަނީ ފެނަކައިން ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 30 އިންޖީނުގޭގެ މަސައްކަތްކުރާނެކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް