ދީނަކީ ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ނަހަދާ: ރައީސް

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އިސްލާމްދީނަކީ ސިޔާސީ ހުޅު ރޯކުުރުމަށް ބޭނުންކުރާ ދަރަކަށް ހެދުމަށް ފުރުސަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދީނީ އިލްމުވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ދީނީ އިލުމުވެރިންނަށް އިލްތިމާސެއް ކުރެއްވި އިރު، އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމަނައި ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އުވާލުމަށް ގޮވާލާ ސިޔާސީ ފަރާތްތަކާއި ދިނީ އިލުމުވެރިންނާއި އަދިވެސް އެހެން ފަރާތްތަކުން ފަނީ އަޑު އުފުލަމުންނެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ކަންކަން އޮޅުންފިލުވައިދީގެން މައްސަލަތައް ހައްލުކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތައް ކަންކަން އޮޅުންފިލުވުމުގައި އެކަމަށް ގާބިލު ދީނީ އިލްމުވެރިން ރާއްޖޭގައި އެބަތިބި ކަމަށާއި އިސްލާމީ ރިސާލަތުގެ އަސާސަކީވެސް ހިކުމަތްތެރިކަމާއެކު ރިވެތި ނަސޭހަތުން މީހުންނަށް ކަންތައް އޮޅުން ފިލުވައިދީ ހެޔޮމަގު ދެއްކުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންނަށް އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާށޭ. އިސްލާމީ އަގީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫ އަރާނެ ކަންކަން މިހުންގެ ސިކުނޑިތަކަށް ވެރުވުމަށް ފުރުސަތު ނުދެއްވާށޭ،" ރައީސް ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، ދީނަށް ފުަރައްސާރަކުރުމުގެ ކަންކަމަކީ މިއަދަކު އިއްޔެއަކު ފެށުނު ކަމެއް ނޫން ކަމަށާއި އެއީ އެތަކެއް އަހަރެއް ކުރިން ފެށިފައިވާ ކަމެއް ކަމަށެވެ. މިއަދު ޝުއޫރު ފާޅުކުރަމުންދާ ސިޔާސީ މީހުން ތިބީ އޭރު ތިބީ ކޮންތާކުތޯ ރައީސް ސުވާލު އުފެއްދެވިއެވެ. ކުރިން ސަރުކާރުތަކެއް އައި އިރު، ކުރިން އެ ފިޔަވަޅުތައް ނޭޅައި މިއަދު ފިޔަވަޅު އަޅަން ގޮވަނީ އިހުލާސްތެރިކަން އޮވެގެންތޯ ރައީސް ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން މި އަރުވަނީ މީގެ ކުރިން މި ކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިއަސް މާތްވެގެންވާ އިސްލާމްދީނާ ދިވެހި ގައުމިއްޔަތުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ކުރުން ހުއްޓުވަން ޖެހުނު ކޮންމެ ކަމެއް މާތްﷲގެ ވާގިފުޅާއެކު މި ސަރުކާރުން ކުރާނެކަން،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތަށް އަރަނީ އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ހައްގަކީބާއޭ. ސުލްހަވެރިކަން އަޅުގަނޑުމެންނާ މިހާ ބީރައްޓެހީ ކީއްވެގެންބާއޭ،" ރައީސް ސުވާލު އުފެއްދެވިއެވެ.

ރައީސް ވިދާޅުވީ، ބަޔަކު އަދި ދައްކާ ވާހަކައަކަށްވުރެ، ދިވެހިންގެ އީމާންތެރިކަން މާ ވަރުގަދަ ވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދައްކާ ވާހަކައަކުން ލިޔެލާ ލިޔެލުމަކުން އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އަގީދާ އަޅުގަނޑުމެންނާ ވަކިކޮށްލެވޭ ވަަރަށް ވުރެ، އަޅުގަނޑުމެންގެ އީމާންތެރިކަން މާ ވަރުގަދަ." ރައީސް ވިދާޅުވިއެވެ.

https://sun.mv/126506

އިސްލާމް ދީނާށް ފުރައްސާރަ ކުރުމަށާއި ދީނީ ހަރުކަށި ފިކުރަށް ޖާގަ ނުދޭނަން!

ރައީސް ސޯލިހް ވިދާޅުވީ، މިއަދު މިނިވަންކަމުގެ ނަމުގައި ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ. އަދި ދީނީ މިނިވަންކަން ނެތުމަކީ އިންސާނީ ހައްގުތަކުން މަހްރޫމު ކުރާ ކަމެއް ކަމަށްވެސް ބުނަމުންދާ ކަމަށެވެ. އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ހަރުކަށި ފިކުރުށް މީހުންގެ ވިސްނުން ބަދަލު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޒަމާންވީ ސަގާފަތާއި އާދަކާދައާ ބީރައްޓެހި ގޮތްތައް އާންމު ދިރިއުޅުމުގެ ތެރެެއަށް އެބަ ވައްދާ. ދީނުގެ ދިފާއުގައި ކަމަށް ބުނެ، ޓެރަރިސްޓު ހަގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވަމުން އެބަދޭ. އެއް ދިއްވެސަކު އަނެއް ދިވެއްސެއްހެ ލޭ އޮހޮރުވ،ާ އައިލާތައް ބިކަ ކުރަމުންދޭ،" ރައީސް ސޯލިހު ވުދާޅާޅުވިއެވެ.

ރައީސް ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ހަރުކަށި ފިކުރުގެ ތެރެއިން އަންނަ ކަންތައްތަކަށް އަޅުގަނޑުމެން އެންމެން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި އެ ދެ ފިކުރަށްވެސް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް