"ކޮސް ގިނަ މިސްޓޭކް"ގެ ފަސްޓްލުކް، ހަމަ ކޮސްވެއްޖެ!

ކޮސް ގިނަ މިސްޓޭކް ގެ ފަސްޓްލުކްގެ މަންޒަރެއް--

އަންނަ މަހު ސްކްރީންކުރުމަށް ހަމަޖެހިފައިވާ ވީމީޑިއާގެ ފީޗާ ފިލްމު "ކޮސް ގިނަ މިސްޓޭކް"ގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

ފިލްމުގެ ފަސްޓްލުކް ފޭސްބުކްގައި އާންމުކޮށްފައިވާއިރު ފަސްޓްލުކްގައި ދައްކާލީ ފިލްމުގައި ހަރަކާތްތެރިވާ ތަރިން ހަރަކާތްތެރިވާ ލަވައެކެވެ. ކޮޕީ ރާގުގެ ފަސް ލަވައެއް ފަސްޓްލުކްގައި ހިމަނާލައިފައިވާއިރު ތަރިންގެ އެކްޓިން ހަމަ ވަރަށް ފުރިހަމައެވެ.

"ކޮސް ގިނަ މިސްޓޭކް"ގެ ފަސްޓްލުކް އާއެކު ބެލުންތެރިން ކޮސްކޮށްލައިފިއެވެ. ބެލުންތެރިން ފިލްމު ބެލުމަށް އިތުރަށް ޝައުގުވެރިވެއްޖެއެވެ.

ފަސްޓްލުކް ފެށުނީ މީހުން ހެއްވާލާފައެވެ. އެ ވީޑިއޯކޮޅު ނިމިގެންދަނީ ބެލުންތެރިންނަށް އަސަރުކުރުވާ ގޮތަށެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، މަރިޔަމް އައްޒަ. ނުޒުހަތު ޝުއައިބު، އިރުފާނާ އިބްރާހިމް (އިރޫ)، އަހްމަދު ސައީދު، އަހްމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު އީސާ (އާނަންދު). ގުލިސްތާނު މުހައްމަދު، ހާމިދު އަލީ، ނަވާލް އަދި އިބްރާހިމް ޝާފިއު (ފުބޫ) ހިމެނެ އެވެ.

ޑައިރެކްޓަރު ޔޫއްޕެ ބުނީ މި ފިލްމަކީ ހެއްވާ މަޖާ ލޯބީގެ ފިލްމެއް ކަމަށާއި ފިލްމުގެ ތަރިންނަކީ މި ވަގުތު ރާއްޖޭގެ ފިލްމީ ދުނިޔޭގައި އެންމެ ފުންނާބު އުސް ތަރިން ކަމަށެވެ.

މި ފިލްމު މި އަހަރު ރިލީޒްކޮށްފިނަމަ ވާނީ ޔޫ އްޕެ މިއަހަރު ގެނެސްދޭ ހަތަރު ވަނަ ފިލްމަށެވެ.

comment ކޮމެންޓް