އާމްނާއާއެކު ކަސޯޓީގެ ސަޅި ޕްރޮމޯއެއް!

އާމްނާ ކަސޯޓީގެ ޕްރޮމޯގައި---

އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ"ގެ ދެވަނަ ސީޒަނުގައި ކޮމަލިކާގެ ރޯލު ކުޅޭ ބަތަލާ ހީނާ ޚާން ޝޯއިން ވަކިވުމުން އެ ރޯލު ކުޅެން ދެން އަންނާނީ ކޮން ތަރިއެއްތޯ ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިވިއެވެ.

ކޮމޮލިކާގެ ރޯލު އާމްނާ ޝަރީފް ހަމަޖެއްސިކަން އިއުލާންކުރުމާއެކު ގިނަ ބަޔަކު ސުވާލު އުފެއްދީ އާމްނާ އަށް ކޮމޮލިކާގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރެވޭނެތޯއެވެ. އާމްނާއާއެކު ކަސޯޓީގެ މުޅިން އާ ޕްރޮމޯއެއް މިހާރު ދައްކަން ފަށާފައިވާއިރު އެ ޕްރޮމޯއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ހިނާ ޝޯއާ އަލްވަދާއު އިރު ފަހު އެޕިސޯޑުތަކުގައި ދެއްކީ އުސް އިމާރާތަކުން ހީނާ ވެއްޓި ބޮޑެތި ޒަހަމްތަކެއް ލިބި މަރުވެފައި ވަނިކޮށެވެ. ނަމަވެސް އަނެއްކާވެސް ކޮމޮލިކާ އެނބުރި އަންނަނީ އެވެ.

ކޮމޮލިކާގެ ރޯލުން އާމްނާ ފެނިގެންދާނީ ޕްލާސްޓިކް ސާޖަރީއެއް ހެދުމަށްފަހު ސިފަ ބަދަލުވެގެންނެވެ.

ޕްރޮމޯއިން ފެންނަނީ އާމްނާ ކާމިޔާބު ސާޖާރީއަކުން އެނބުރި އަންނަން ތައްޔާރުވާ ތަނެވެ. ކޮމޮލިކާ ކަސޯޓީއަށް އައުމުން އަނެއްކާވެސް އެ ޑްރާމާގެ ފޯރި އިތުރަށް ގަދަވާނެއެވެ.

ދެހާސް އެއްވަނަ އަހަރު ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޯމަލިކާގެ ރޯލުން ފެނުނީ އުރްވަޝީ ދޮލާކިއާއެވެ. މިފަހަރުގެ ސިލްސިލާއިން ޕްރޭނާގެ ރޯލުން ފެންނަނީ އެރިކާ ފެނަންޑޭޒްއެވެ. އަދި އޭނާގެ ލޯބިވެރިޔާ އަނޫރާގުގެ ރޯލު ކުޅެނީ ޕާތު ސަމްތާންއެވެ.

comment ކޮމެންޓް